ޚަބަރު
ހިޔާ ފްލެޓް ސަރަހައްދުގައި މެޗް ބެލޭނެ ގޮތް ހަދައިފި
ހިޔާ ފްލެޓް ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ސާފް ޗެމްޕިއަންޝިޕްގެ މެޗްތައް ބަލާލެވޭނެ އިންތިޒާމް ހައުސިން ޑިވޮލަޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަމަ ޖައްސައިފި އެވެ.
މެޗުތަށް ބަލާލުމަށްޓަކައި ދިރާގާއި ގުޅިގެން އެޗްޑީސީއިން ވަނީ ޓަވަރު އަށެއް ސަރަހައްދުގައި ބޮޑު ސްކްރީނެއް ބަހަށްޓާފައެވެ.
މީގެ އިތުރުން އުސްފަސްގަނޑުގައި ތިބެގެން މެޗުތައް ބަލާލުމުގެ އިންތިޒާމް ސްޓެލްކޯ އިން ވަނީ ހަމަޖައްސާފަ އެވެ. އަދި ކާނިވާ ސަރަހައްދުގައި ތިބެގެން މެޗުތައް ބަލާލެވޭނެ ގޮތް މާލެ ސިޓީ ކައުންސިލުން ވަނީ ހަމަޖައްސާފަ އެވެ. ސޯޝަލް ސެންޓަރުންވެސް މެޗުތައް ބަލާލެވޭނެއެވެ.
މިއަދު ހަވީރު ކުޅޭ މެޗުގައި ވާދަ ކުރާނީ ނޭޕާލް އާއި ބަންގްލަދޭޝް އެެވެ. ރާއްޖެ އާއި އިންޑިއާ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.