
ކުރީގެ ރައީސް ގޭ ބަންދުގައި ހުންނަވާ ގައުމީ ޓީމަށް ހިތްވަރު ދެއްވުމުން ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ޝުކުރު އަދާ ކުރައްވައިފިއެވެ.
މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޅިވަރަކީ ސިޔާސީ ފިކުރު ނައްތާލާ ކަމެއް ކަމަށާއި ރައީސް ޔަމީން ޓީމަށް ހިތްވަރު ދެއްވުމުން އެކަމަށް ޝުކުރު އަދާ ކުރާ ކަމުގައެވެ.
ކުޅިވަރަކީ ސިޔާސީ ފިކުރު ނައްތާލާ ކަމެއް. ރައީސް ޔާމީންވެސް ހިތްވަރު ދެއްވުމަކީ ޓީމަށް ލިބޭނެ އިތުރު ޖޯޝެއް. ޝުކުރިއްޔާ. 🙏🏻🇲🇻 https://t.co/cFwFTJ0Cnx
— Ahmed Mahloof (@AhmedMahloof) October 12, 2021
މަހްލޫފް އަކީ މީގެ ކުރިން ރައީސް ޔާމީންގެ ވެެރިކަމުގައި ގައުމީ ޓީމުގެ މެޗުތަށް ބޮއިކޮޓް ކުރެއްވި ބޭފުޅެކެވެ.