ޚަބަރު

ރައީސް ސާލިޙްގެ ދަތުރުފުޅުތަކަށް މިއަހަރު 54 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވޭ!

ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހްގެ ދަތުރުފުޅުތަކަށް މިދިޔަ އަހަރު ހަރަދުވި އަދަށްވުރެ 54 މިލިއަން ރުފިޔާ އިތުރަށް މިއަހަރު ހަރަދުކޮށްފައިވާކަން ހާމަވެއްޖެއެވެ.

ދާދިފަހުން ފިނޭންސް މިނިސްޓްރީއިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި, 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަަލަށް، ރައީސް ސާލިޙްގެ ދަތުރުފުޅުތަކަށް ވަނީ 147.7 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ހަރަދުވި 93 މިލިއަނާ އަޅާބަލާއިރު 54.3 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރު ދަތުރުތަކަށް ހަރަދު ކުރުމަށް ސަރުކާރުން ވަނީ 203 މިލިއަން ރުފިޔާ ބަޖެޓުކޮށްފައެވެ. އެހެން ނަމަވެސް ސަރުކާރުގެ އެކި އެކި ވުޒާރާތަކުގެ ތަދުރުތަކާއެކު މިއަދަދު މިހާރު ވަނީ އެތައް ގުނައެއް އިތުރުވެގެން ގޮސްފައެވެ.

ސަރުކާރުން ކުރާ ދަތުރުގެ ހަރަދުގެ ތެރެއިން ރައީސް ސާލިޙްގެ ދަތުރުފުޅުތަށް ފިޔަވައި އެންމެ ބޮޑު ހަރަދެއް ހިނގަނީ ޚާރިޖީ ވަޒިރު ޝާހިދުގެ ދަތުރުފުޅުތަކަށެވެ. އެމަނިކުފާނުގެ ރަސްމީ ތަދުރުފުޅުތަކުގެ އިތުރުން އދ. ގެ އާންމު މަޖްލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވާ ދަތުރުތަކާއި, އެހެނިހެން ހަރަދުތަށްވެސް ކުރަނީ ދިވެހި ދައުލަތުންކަން ފާހަގަކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button