ޚަބަރުސިޔާސީ

ހިިޔާފްލެޓްތައް ރައްޔިތުންނާ މިސަރުކާރުން ހަވާލުކުރީ އަނިޔާވެރިކަން އިސްކޮށްފައި: މުއިއްޒު

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫންގެ ވެރިކަމުގައި ހުޅުމާލޭ ފޭސް 2 ހިއްކަވާ ތަރައްގީކުރެއްވި ހިޔާމަޝްރޫއުގެ ކަންކަން މިސަރުކާރުން ހިންގަމުންދާ ގޮތާމެދު ފާޑުވިދާޅުވެ ޕީޕީއެމްގެ ނައިބުރައީސް އަދި މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ފާޑު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްތައް މިސަރުކާރުން ރައްޔިތުންނާ ހަވާލުކުރީ އަނިޔާވެރިކަން އިސްކޮށްފައި ކަމަށެވެ.

މިސަރުކާރު އައިސް 3 އަހަރު ވީއިރު ކިހިނެއްތޯ ކަންތައް ވަމުން މިދަނީ. އެ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ތެރެއިން އެތައް ހާސް ރައްޔިތުންގެ އަތުން ނުހައްގުން ފްލެޓްތައް އަތުލައިފި. އެކަން އެހިސާބުން އެ ނިމުނީކީނޫން. ފްލެޓްތައް ލިބުނު ފަރާތްތަކަށް އެތަން އެދިނީވެސް ބަޔަކު އެކަން ކުރަންޖެހޭނެ ގޮތަކަށް ނޫން. 3 އަހަރުވަންދެން ބަޔަކު އެހެން ބައިތިއްބާފައި ރައްޔިތުންނަށް ފްލެޓްތައް ހަވާލުކުރީ އަނިޔާވެރިކަން އިސްކޮށްފައި. ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައި އޮތްގޮތަކަށް ނޫން. ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައި އޮތީ އެހެންޏާވެސް ކަންކަން ކުރަމުންދާ ގޮތަށް ފްލެޓްތައް ނިންމާފައި ހަވާލުކުރާ ގޮތަށް. މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ފްލެޓްތައް ނުނިންމާ ހަވާލުކުރީ ރައީސް ޔާމީންގެ ސަރުކާރުގައި ކަންކަން ކޮށްފައިހުރީ ގޯސް ކޮށްކަން ރައްޔިތުންނަށް ދައްކައިގެން އެމަނިކުފާނުގެ ބޮލުގައި ބަދުނާމު އެޅުވުމަށް ކަމަށެވެ. ފްލެޓްތައް ދޭން އޮތް އަގުވެސް އޮތީ ތިންހާސް ރުފިޔާ ބޮޑުކޮށް ކަމަށާއި މާލޭ ސިޓީކައުންސިލުން ރަސްމީގޮތުންވެސް މިކަން ބަދަލު ކުރެވޭތޯ އެތައް މަސައްކަތެއް ކުރެވިއްޖެ ކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button