ޚަބަރު

ދައުލަތުގެ ހަރަދު ކުޑަކުރަން މިނިވަން ދުވަހުގެ ޖަލްސާވެސް، ފުޅަނދުބުރުވެސް ކެންސަލް

ސަރުކާރުގެ ހަރަދުކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުން މިނިވަން ދުވަހުގު މުނާސަބަތުގައި ކުރިން ރާވާފައި ހުރި ހަރަކާތްތައް ކެންސަލް ކޮށްފިއެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ރަސްމީކޮށް ކުރިއަށްގެންދާނީ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ އިތުރުން ރާއްޖޭގެ ދިފާއީ ބާރުން ބާއްވާ ސިފައިންގެ ޕެރޭޑް އެކަންޔެވެ. އެހެން ހުރިހާކަމެއް ވަނީ ގައުމުގެ އިގްތިސާދީ ހާލަަތަށް ބަލައި ހަރަދުކުޑަކުރުމުގެ ގޮތުން ކެންސަލް ކޮށްފައެވެ.

އެގޮތުން ކުރިން ރޭވި މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ވަނީ ކެންސަލް ކޮށްފައެވެ. އަދި ފުޅަނދުބުރު ވެސް ވަނީ ކެންސަލް ކޮށްފައެވެ.

މިނިވަން ދުވަހާއި ގުޅުވައި މާލޭގައި އެންމެފަހުން ފުޅަނދުބުރެއް ބޭއްވީ ރާއްޖޭގެ 54 ވަނަ މިނިވަންދުވަހާ ދިމާކޮށް 2019 ގައެވެ. އެއަށް ފަހު ފުޅަނދުބުރެއް ނުބޭއްވުނީ ކޮވިޑްގެ ސަބަބުންނެވެ.

މިނިވަން ދުވަސް ފާހަގަ ނުކުރިކަމުގައި ވީނަމަވެސް މިމަހު 26 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު އޮތީ ޗުއްޓީގައެވެ.

One Comment

  1. ޚަރަދުކުރާނެ ފައިސާއެއްނެތް. ރައްޔިތުންގެ މާލިއްޔާ ދޮވެސާފްކޮށް ދޮންނަ ތެލިތައް ބަންޑުންޖަހާ އަށީގައި ބަންޑުން ޖަހައިފި.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button