އެމްޕީއެލްއިން ހުދުމަތްތަށް ޒަމާނީ ކުރުމަށް އޮރަކަލް ފިއުޝަން ކްލައުޑް ބޭނުން ކުރަނީ

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީކުރުމުގެގޮތުން އެ ކުންފުނިން މިހާރު ބޭނުންކުރަމުންދާ އީއާރްޕީ ސޮފްޓްވެއާގެ ބަދަލުގައި އޮރަކަލް ފިއުޝަން ކްލައުޑް އެންޓަޕްރައިސް ރިސޯސް ޕްލޭނިން (އޯއެފްސީއީއާރްޕީ) ބޭނުންކުރަން ނިންމައިފިއެވެ.
”އޮރަކަލް“ ކުންފުންޏަކީ ސޮފްޓްވެއާ އުފެއްދުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކުންފުންޏަކެވެ. އެ ކުންފުނީގެ އީއާރްޕީ ސިސްޓަމްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނަ ކުންފުނިތަކުން ބޭނުންކުރަމުންދާ ސިސްޓަމެއްކަން ފާހަގަކޮށްލެވެއެވެ.
އެމްޕީއެލުން ބުނިގޮތުގައި އޯއެފްސީއީއާރްޕީ ބޭނުންކުރަން ފެށުމުން އެކުންފުނީގެ ހަރަދުތަށް ކުޑަ ކުރެވި ވަގުތު ސަލާމަތްވާނެކަމަސް އެމްޕީއެލުން ބުނެއެވެ.
އެކުންފުނިން ބުނިގޮތުގައި ކުރިން ބޭނުން ކުރި ސިސްޓަމް މެއިންޓެއިންކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށާއި އެހެންނަމަވެސް އޮރަކަލް ސިސްޓަމްގައި ކޮންމެ 90 ދުވަހަކުން އާ ފީޗާސްތައް ލިބޭތީ އެ ސިސްޓަމްއަށް ހިދުމަތް ބަދަލުކުރުމުން ކުންފުނިން ފޯރުކޮށްދެމުންދާ ހިދުމަތްތައް ޒަމާނީކުރެވޭނެކަމަށެވެ.
އެމްޕީއެލުން ބުނީ އޮރެކަލް ފިއުޝަން ކްލައުޑް އީއާރްޕީ ސިސްޓަމް ލައިވް ކުރެވޭނެ ކަމަށް ލަފާ ކުރެވެނީ 2022 ވަނަ އަހަރުގެ ކުރީކޮޅުގައިކަމަށެވެ.