
ރާއްޖޭ ގައި އައު ފުޓުބޯޅަ ދަނޑެއް އެޅުމަށް ފައިސާ ހަމަޖެހިފައިވާ ކަމުގައި ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގަލޮޅު ދަނޑު މިހާރު ބާވެ ހަލާކުވެފައި ވާކަމަށާއި ކުރިން 12000 މީހުންނަށް ވަދެވޭއިރު މިހާރު ވަދެވެނީ 5000 މީހުންނަށް ކަމުގައެވެ.
3 ގަޑި 30 މިނެޓުން މިއަދު 3000 ޓިކެޓުވަނީ ވިއްކިފަ.
ދަނޑުވަނީ ބަާވެ، ހަލާކުވެފަ.ކުރިން 12000 މީހުންނަށް ވަދެވޭއިރު މިހާރު ވަދެވެނީ 5000.
އާދަނޑެއް އަޅަން ފައިސާ ވަނީ ހަމަޖެހިފަ.ސާފް އަށްފަހު އޮންލައިންކޮށް ޓިކެޓު ވިއްކުންކަހަލަ ބައެއް ބަދަލު ގެނެސްދޭން މަސަައްކަތްކުރާނަން. pic.twitter.com/n3Mus2NZcc
— Ahmed Mahloof (@AhmedMahloof) October 12, 2021
މަހްލޫފް އިތުރަށް ވިދާޅުވީ ސާފް އަށްފަހު އޮންލައިންކޮށް ޓިކެޓު ވިއްކުން ފަދަ ބައެއް ބަދަލު ގެނެސްދޭން މަސަައްކަތްކުރާނެކަމުގައެވެ.