
ކުރީގެ ރައީސް އަބްދުالله ޔާމީން ގެ ޒައާމަތުގައި ހުޅުމާލޭގެ 2ވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ 25 ބުރީގެ ޓަވަރުތަކުގެ ދިރިއުޅުމަކީ ތަނަވަސް ދިރިއުޅުމަކަށް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވީ މިއދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ”ހިއްކި ބިމުގެ އުސް އިމާރާތްތަކުގެ ތޮއްޖެހިފައިވާ ދިރިއުޅުން“ އެއީ ”ތަހުޒީބީ ތަނަވަސް ދިރިއުޅުން“ ގޮތުގައި ދުނިޔޭގައި ބަލައިނުގަންނަ ކަމުގައި ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ އެފަދަ ގޮތަކަށް އިމާރާތްތައް އެޅިފައިވާ ކަމަށާއި އެ ތަންތަނުގައި ދިރިއުޅެން ފެށިފައިވާތީ ހުރި ދަތިތައް ހައްލު ކުރަން އެޗްޑީސީން މަސައްކަތް ކުރަމުންދާ ކަމުގައެވެ.
ނަޝީދު މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަނެފައި މިވަނީ 5 މަސް ދުވަސް ފަހުންނެވެ.