ޚަބަރު
ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި

އެސްޓީއޯ އިން ރާއްޖޭގެ ބާޒާރުގައި ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑު ކޮށްފި އެވެ.
އެސްޓީއޯއިން ބުނީ ތެލުގެ އަގު ބޮޑުކުރީ ވޭތުވެދިޔަ ދެ މަސް ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެލުގު އަގު ވަރަށް ބޮޑަށް އުފުލިފައިވައި ވުމުން ކަމަށެވެ.
މި ބަދަލާއެކު ޕެޓްރޯލް ލީޓަރެއް މިއަދުން ފެށިގެން ވިއްކާނީ 11.16 ރ. އަށެވެ. ޑީސަލް ލީޓަރެއްގެ އަގު ވަނީ 11.84 ރ. އަށް އުފުލިފަ އެވެ. މިހާރު އަގުތަކަށް އައި ބަދަލުތަކުން ޑީސަލް ލީޓަރަކުން 0.89 ލ. އަދި ޕެޓްރޯލް ލީޓަރަކުން 0.44 ރ. ވަނީ ބޮޑުވެފައެވެ.
މިހާރު ދުނިޔޭގެ ތެލުގެ އަގު ހުރީ ފާއިތުވި ހަތް އަހަރު ތެލުގެ އަގު ބޮޑު ނުވާ މިންވަރަކަށް ބޮޑުވެފައެވެ.