ޚަބަރު
ރާއްޖޭގެ ވެކްސިން ކާޑު މިސްރުގައި ބޭނުން ކުރެވޭނެ
މިސްރަށް ދަތުރުކުރުމުގައި ރާއްޖޭގެ ކޮވިޑް-19 ވެކްސިން ސެޓްފިކެޓް ބަލައިގަންނާނެ ކަމުގައި އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހުސައިން އަލް ސަހާރޓީ ވިދާޅުވެއްޖެއެވެ.
ސަހާރޓީ މިފަދައިން ވިދާޅުވީ މިއަދު ރައީސް ސޯލިހުގެ އަރިހަށް ކުރެއްވި ވަދާއީ ޒިޔާރަތުގައެވެ.
މި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ މިސްރުން ރާއްޖެ އާއި ބާއްވާ ގާތް ގުޅުމާއި ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.