ޚަބަރުސިޔާސީ

ރައީސް ސޯލިހު ބަދަލުގެ ގޮތުގައި 1 ބިލިއަން ރުފިޔާ ދިން 10 މައްސަލައެއް ބަލަނީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބަދަލު ދިނުމާބެހޭ ސެޓްލްމެންޓު ކޮމިޓީން 10 މީހަކަށް 1 ބިލިއަން ރުފިޔާގެ ބަދަލު ދިނުމަށް ނިންމާފައިވާ މައްސަލަތަކެއް އަލުން ބަލައި، ދެވުނު މިންވަރަކީ ރަނގަޅު އަދދެއްތޯ ބެލުމަށް ސަރުކާރުން އޮޑިޓާ ޖެނެރަލް އޮފީހަުގައި އެދިއްޖެއެވެ.

އެކަން ކަށަވަރުކޮށްދެއްވައި ބަންޑާރަނައިބު އަޙްމަދު އުޝާމު ވިދާޅުވީ، އެކަމާ ގުޅޭ ލިޔެކިޔުންތައް ރައީސް އޮފީހުން ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާފައިވާ ކަމުގައެވެ.

އުޝާމް ވިދާޅުވިގޮތުގައި ކުރީ ސަރުކާރުގެ ސެޓްލްމެންޓު ކޮމިޓީގެ ނިންމުންތައް މުރާޖައާކުރުމުގެ ތެރެއިން ބަދަލުދިނުމަށް ނިންމާފައި ހުރި ބައެއް މައްސަލަތަަކަކީ ކޯޓުތަކަށް ހުށަހެޅިގެން ހިނގަމުން އައި މައްސަލަތަކެއްކަން ފާހަގަވެއެވެ. އަދި އެއިން ބައެއް މައްސަލަތައް ކޯޓުގައި ކާމިޔާބުނުކުރެވޭނެ ކަމަށް ކަނޑައަޅާފައި ހުރިކަންވެސް ފާހަގަކުރެވިފައިވާކަމަަށް އުޝާމް ވިދާޅުވިއެވެ.

”ބަދަލެއް ދޭންޖެހިގެން ވަކިވަރަކަށްވުރެ ބޮޑު ބަދަލެއް ނުދިނުމަށް އޮޑިޓާ ޖެނެރަލް އޮފީހުން އަންގާފައިވަނިކޮށް އެއަށްވުރެ ބޮޑެތި ބަދަލުތަކެއް ދީފަވެސް އެބަހުރި“ ބަންޑާރަނައިބު ވިދާޅުވިއެވެ.

އެކަމަކު ސެޓްލްމެންޓު ކޮމިޓީން ނިންމާފައިވާ އެއްވެސް މުއާމަލަތަކާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ޓުއަރިޒަމް މިނިސްޓްރީއަށާއި ފިނޭންސް މިނިސްޓްރީއަށް މިހާރު އަންގާފައިވާކަމަށް އުޝާމް ވިދާޅުވިއެވެ.

”އެއީ ބަދަލުގެ ގޮތުގައި ގިނައިން ދީފައި ހުރީ ރިސޯޓު ހިންގަން ރަށްތައްކަމަށްވާތީ“ އުޝާމް ވިދާޅުވިއެވެ.

އެ 10 މައްސަލާގައި ދިނުމަށް ކަނޑައަޅާފައިވާ މިންވަރަކީ އިންސާފުވެރި ނިންމުމެއްތޯ ބެލުމަށް އެ އަދަދުތަކުގެ އެސެސްމެންޓެއް ހެދުމަށް މިހާރު އޮޑިޓާ ޖެނެރަލްގެ އޮފީހަށް ބަންޑާރަނައިބުގެ އޮފީހުން ފޮނުވާފައިވާކަން އުޝާމު ފާހަގަކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button