ޚަބަރުސިޔާސީ

ރައީސް ނަޝީދު މާލެ ވަޑައިގަންފި

ކުރީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު އެނބުރި މާލެ ވަޑައިގެންފިއެވެ.

ރައީސް ނަޝީދު މާލެ ވަޑައިގަންފައި ވަނީ ދާދި ދެންމެއަކުއެވެ. ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފައި ވަނީ 3 ދުވަހުގެ ކުރު ދަތުރުފުޅެއްގައި ކަމުގައި މައުލޫމާތު ލިބެއެވެ.

ނަޝީދުއަށް މަރުހަބާ ދެންނެވުމަށް ޓަކައި ރައީސް ސޯލިހު ވެސް ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށް ވަޑައިގެންފައިވެއެވެ.

މީގެ 5 މަސް ދުވަސް ކުރިން ނަޝީދު ރާއްޖެއިން ފުރާވަޑައިގަތީ މެއި މަހުގެ 6 ދުވަހުގެ ރޭ ރޭ އެމަނިކުފާނަށް ދިން ބޮމުގެ ހަމަލާއިން ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށެވެ. ޖަރުމަނާއި އިނގިރޭސިވިލާތުން ފަރުވާ އެމަނިކުފާނު ފަރުވާ ހޯއްދެވިއެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button