
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާ ބޮޑު ކުންފުންޔެއްގެ މަނީ ލޯންޑަރިން ތަހުގީގު އޮއްބާލަން އެ ކުންފުނީގެ ވެރިން އަތުން 150،000 ޔޫއެސް ޑޮލަރު ރިޝްވަތުގެ ގޮތުގައި ހޯދިކަމުގެ ތުހުމަތު ޕީޕީއެމްގެ މެންބަރު ޒާހިދު ރަމީޒު ކުރައްވައިފިއެވެ.
ޒާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝިޔުނާ އެކުންފުނީގެ މައުލޫމާތު އޮއްބާލުމަށް ފައިސާ ނެގިކަން އޭނާއަށް އެނގިވަޑައިގަންނަވާކަމުގައެވެ.
އެކި ދުވަސް މަތިން ނަގުދު ފައިސާއިން ޕޭމެންޓު ހެދުމަށް ފަހު އަމީން އެވެނިއުއިން ގަތް ފްލެޓްގެ މައުލޫމާތުތައް ވެސް އެނގިވާޑައިގަންނަވާ ކަމުގައި ޒާހިދު ވިދާޅުވިއެވެ.
.@mshiu28 އެކި ދުވަސް މަތިން ނަގުދު ފައިސާއިން ޕޭމަންޓު ހަދައިގެން އަމީން އެވެނިއުއިން ބައްލަވައިގަތް ފުލެޓާ، ބޮޑު ކުންފުންޔެއްގެ މަނީ ލޯންޑަރިން ތަހުޤީގު އޮށްބާލަން އެ ކުންފުނީގެ ވެރިން އަތުން @ThirugeyBeyya މެދުވެރިކޮށް 150،000$ ރިޝްވަތުގެ ގޮތުގަ ހޯދިކަން އަހަންނަށް އިނގޭ.
— Zahid Rameez (@xahidcreator) October 10, 2021
ޒާހިދު އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި އޭސީސީ އާއި ހަވާލުވާނީ އޭނާ ކަމަށާއި ރައީސް ސޯލިހު އަށާއި ޝިއުނާ އަށް ހައްގުވާ އަދަބު ދިނުމަކީ އެންމެ ފުރަތަމަ ކުރައްވާނެ ކަން ކަމުގައެވެ.