
މާލޭ ސިޓީ ކައުންސިލާއި އުރީދޫ އަދި މީޑިއާނެޓް ގުޅިގެން ކާނިވާ ސަރަހައްދުގައި ރާއްޖެ އާއި ލަންކާ ކުޅޭ މެޗު އެޅުވުމަށް ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލް އިސް ނަގައިގެން އުރީދޫ އަދި މީޑިއާ ނެޓު ގުޅިގެން މެޗު ބެލޭނެ އިންތިޒާމު ހަމަޖައްސައިފައި މިވަނީ މެޗުގެ ޓިކެޓް ނުލިބުމުގެ ސަބަބުން ގިނަ އަދަދެއްގެ އާންމުން ޝަކުވާ ކުރުމުން އަންނަ ދަނޑިވަޅެއްގައެވެ.
އިއްޔަ ގަލޮޅު ދަނޑު ސަރަހައްދުގައި ޓިކެޓް ދޫކުރަން ފެށިތާ 1 ގަޑި އިރު ނުވަނީސް ޓިކެޓް ހުސްވެއްޖެ ކަމަށް ބުނެ ޓިކެޓް ކައުންޓަރު ވަނީ ބަނދުކޮށްފައެވެ. އަދި އެސަރަހައްދުގައި އާންމުން އިހުތިޖާޖު ކުރުމާއި ގުޅިގެން ރޭގެ ވަގުތެއްގައި އިތުރު 1000 ޓިކެޓް ވަނީ ވިއްކައިފައެވެ.
މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން އުރީދޫއާއި ގުޅިގެން ސާފް ޗެމްޕިއަންޝިޕް 2021 ގައި މިއަދު ހަވީރު ދިވެހިރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރާ މެޗް އަލިމަސް ކާނިވަލް ގައި ބޮޑު ސްރީން އިން ބެލުމުގެ އިންތިޒާމް ވަނީ ހަމަ ޖެހިފައެވެ. @MMuizzu #SAFFChampionship2021 #mageymahaldheeb pic.twitter.com/8Dwm1rM9zO
— Male' City Council (@MaleCitymv) October 10, 2021
ރާއްޖެ އާއި ލަންކާ ބައްދަލު ކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4.00 ގައެވެ.