ޚަބަރު
މޭޔަރ މުއިއްޒު ޕާކިސްތާނުގެ އެންބެސެޑަރާއި ބައްދަލު ކުރަށްވައިފި

މާލޭ ސިޓީ ކައުންސިލުގެ މޭޔަރ ޑރ މުހަންމަދު މުއިއްޒު ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމައިރަލް ރިޓެއާޑް އަތަރް މުޙްތާރާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުމުގައި މޭޔަރ މުއިއްޒު ވަނީ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ޕާކިސްތާނުގެ ސަފީރާ ހިއްސާކުރައްވާފައެވެ. މީގެ އިތުރުން އެކިއެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރުމާ މެދުވެސް މި ބައްދަލު ވުމުގައިވަނީ މަޝްވަރާ ކުށްފައެވެ.
މި ބައްދަލުވުމުގައި ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ އަހްމަދު ނަރީޝްގެ އިތުރުން ޕާކިސްތާނުގެ ޑެޕިއުޓީ އެންބެސެޑަރ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.