ހިޔާ ފްލެޓް ސަރަހައްދުގައި ސުޕަމާރުކޭޓެއް ހުޅުވަނީ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރަށްގީ ކޮށްފައިވާ ހިޔާ ފުލެޓު ސަރަހަށްދުގައި ވަރަށް އަވަހަށް ސުޕަ މާރުކޭޓް ހުޅުވޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕޮރޭޝަން(އެޗްޑީސީ) ބުނެފިއެވެ.
އެޗްޑިސީއިން ބުނި ގޮތުގައި މި މަހުގެ ތެރޭގައި ސުޕަ މާރުކޭޓްއެއް ހުޅުވޭނެ ކަމަށް ލަފާކުރެވެއެވެ.
ހިޔާ ފުލެޓުތަކުގައި ބައެއް މީހުން މިހާރު ދިރި އުޅެން ފަށާފައިވާއިރު ކައިރި ހިސާބެއްގައި ފިހާރައެއް ނެތުމުން އެސަރަހައްދުގައި ދިރިއުޅޭ ގިނަ މީހުންނަށް ދަނީ އުނދަގޫތަކަކާ ކުރިމަތިލަމުންނެވެ. މިކަމާގުޅިގެން އެޗްޑިސީއިން ބުނީ މިކަން ހައްލު ކުރުމަށްޓަކައި ކޮމާޝަލްކޮށް ނުވަތަ ވިޔަފާރިއަށް ތަންތަން ދޫކުރުން ކުރިއަށް ގެންދާކަމަށާއި ވިޔަފާރި ފެށުމަށް އެކި ވިޔަފާރިވެރިންނާއެކު ވެވުނު އެއްބަސްވުންތަކުގައި ސޮއިކުރި ގިނަ ފަރާތްތަކުން މިމަހުގެ ނިޔަލަށް ވިޔަފާރި ފަށަން ބޭނުންވާކަމަށެވެ.