ހިޔާ ފްލެޓްތައް ދޫކޮށްލަން އެދުނީ 23 ފަރާތަކުން

ހުޅުމާލޭގެ ދެވަނަ ފުޔަވަހީގައި ކުރީގެ ރައީސް ޔާމީންގެ ޒައާމަތުގައި ގާއިމް ކުރެއްވި ހިޔާ ފްލެޓްތަށް ލިބުނު މީހުންގެ ތެރެއިން އެ ފްލެޓްތަށް ދޫކޮށްލުމަށް އެދިފައިވަނީ އެންމެ 23 ފަރާތަކުންކަން އެޗްޑީސީން ހާމަކޮށްފިއެވެ.
މީޑިއާތަކާއި އެކުގައި އެޗްޑީސީގެ އިސްވެރިން ބޭއްވި ބައްދަލުވުމުގައި ހިޔާ ފްލެޓާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ވަނީ ހިއްސާ ކޮށްފައެވެ.
އެޗްޑީސީން ބުނީ 6720 ފްލެޓްގެ ތެރެއިން 6455 ފްލެޓް އެލޮކޭޓްކޮށް ގުރުނަގައި، 6215 ފަރާތަކަށް ސޮއިކުރަން ދައުވަތު ދީފައިވާނެ ކަމަށެވެ. އަދި ގުރު ނުނެގި އޮތީ 265 ފަރާތެކެވެ. އޭގެ ތެރެއިން އަލަށް 17 ފަރާތެއްގެ ގުރުނެގުމަށް މިނިސްޓްރީން ފޮނުވާފައިވާތީ އެކަންތައް އަންނަ ހަފްތާގައި ކުރިއަށްދާނެ ކަމަށް އެޗްޑީސީން މައުލޫމާތު ދެއްވައެވެ.
އެކިއެކި ސަބަބު ތަކާއި ހުރެ 207 ފަރާތަކުން ފްލެޓުގެ އެއްބަސްވުމުގައޮ ސޮއިކޮށްފައި ނުވަ ކަމުގައި އެޗްޑީސީން ބުނެއެވެ. އެފަރާތްތަކަކީ ވިނަރެސް ފްލެޓްތަކަށް ބަދަލުވާން ބޭނުންވާ މީހުންނާއި ހައުސިން މިނިސްޓްރީން އަންގައިގެން ސޮއިކުރުން މަޑުޖައްސާލާފައިވާ ފަރާތްތައް ކަމަށް އެޗްޑީސީން މައުލޫމާތު ދީފައިވެއެވެ.
މިހާތަނަށް 6084 ފްލެޓްގެ އެއްބަސްވުންތަކުގައި ސޮއިކޮށް ތަޅުދަނޑި ވަނީ ހަވާލުކޮށްފައެވެ.