ޚަބަރުސިޔާސީ

ގައްދާރުން އަރާ ގައުމީ ދުވަސް ފާހަގަކުރަން ދައްކާނެ ވާހަކައެއް ނޯންނާނެ: އަދުރޭ

ދިވެހިރާއްޖޭގެ ގައުމީ ދުވަހަކީ އުތީމު މުހައްމަދު ތަކުރުފާނު ދިވެހި ގައުމަށްޓަކައި ޖިހާދު ކުރައްވާ އިސްތިއުމާރީ ބާރެއްގެ ދަށުން ރާއްޖެ ސަލާމަތް ކުރެއްވި ދުވަސް ކަމަށާއި އެދުވަސް ފާހަގަކުރަން ގައްދާރުން ދައްކާނެ ވާހަކައެއް ނޯންނާނެ ކަމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި ކުރިއަށް ދިޔަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ގައުމީ ދުވަހު ރައީސް ސޯލިހު ދިވެހި ރައްޔިތުންނާއި މުހާތަބު ކުރައްވަން ލަދު ގަންނަންޖެހޭނެ ކަމުގައެވެ.

”އިބްރާހިމް މުހައްމަދު ސޯލިހެކޭ ތުއްފާރަނާއެކޭ އެއްވެސް ތަފާތެއް ނެތް. ހަމަ ހަގީގަތުގައި ވެސް އިބްރާހިމް މުހައްމަދު ސޯލިހާއި ކެނެރީގޭ މުހައްމަދު ނަޝީދު އަޅުގަނޑަށް ސިފަ ވަނީ މީދޫ ތަކުރާއި އޭނާގެ ދަރި ތުއްފާރަނަ ހަސަނާއި ދެމީހުންގެ ގޮތުގައި. އެއީ އަނދިރިއެއް އައްޔެއް ނެތް ބައެއް. ވެރިކަމަުގައި ތިބެވިއްޖެއްޔާއި ހެޔޮ. ބާރާއި އާރު އޮތީޔާ އެންމެ ރަނގަޅު. އެމީހުން ބުނެއުޅެނީ ތިމަންނަމެންނަށް މަސްސަލައެއް ނެތޭ ދިވެހިން ނޫނަކަސް ތިމަންނަމެންނަށް ވެރިކަމުގައި ތިބެވިޖެއްޔާ. އެވަރުގެ ބަޔަކު އަރަ ދައްކާނެ ވާހަކައެއް ނޯންނާނެ“ އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދަޅުވީ ދައްޕަރު އަލުން ފިއަލްދޫގެ އިހްތިސާސް ތެރޭގައި ހިމެނުނީ ދިވެހި ރައްޔިތުންގެ ޕްރެޝަރާއި ފިއްލަދޫ ރައްޔިތުންގެ ހިތްވަރުން ކަމުގައެވެ. އަދި އެކަމަށް ޓަކައި ފިއްލަދޫގެ ރައްޔިތުންނަށާއި ރައީސް ޔާމީނަށް ޝުކުރު އަދާކުރަންޖެނޭނެ ކަމުގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button