ޚަބަރުސިޔާސީ

ޖޭއެސްސީގެ މެންބަރުކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސްނުއްސުޢޫދު އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ޙުސްނުއްސުޢޫދު އައްޔަން ކުރައްވައިފިއެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދު މި މަގާމަށް އައްޔަން ކުރައްވާފައިވަނީ މި މަހުގެ 15ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ޖޭއެސްސީގެ މެންބަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ފަނޑިޔާރު ޙުސްނުއްސުޢޫދު ވަނީ ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވާފައެވެ. ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންއެވެ. އެއަށްފަހު ފަނޑިޔާރު ޙުސްނުއްސުޢޫދު ވަނީ ހުވައިގެ އިގުރާރުގައި ސޮއިކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖޭއެސްސީގެ މެންބަރުކަމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން ފަނޑިޔާރު ޙުސްނުއްސުޢޫދާ ހަވާލުކޮށް ދެއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button