ޚަބަރުސިޔާސީ

ޝާހިދުގެ ވައުދުތައް ފުއްދުމަށް ދިވެހި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ: ރައީސް

އދ ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުالله ޝާހިދުގެ ވައުދުތައް ފުއްދުމަށްޓަކައި ރާއްޖެއިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ޝާހިދު އދ ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި މިއަދު ރައީސް އޮފީހުގައި ބޭއްވި ޖޮއިންޓު ޕްރެސް ކޮންފަރެންސްގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ޒަމާނަށް އަންނަމުންދާ ބަދަލުތަކާ އެއްގޮތަށް، އ.ދ.ގެ އެކިއެކި މުއައްސަސާތަކުގެ މަސައްކަތްތައް އިސްލާޙު ކުރުމަކީ، ރާއްޖެއިން އަބަދުވެސް ދެކޭ މުހިންމު ކަމެއް ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ކޮވިޑް ފެތުރެން ފެށުމާ އެކު އދ. އިން ރާއްޖެ އަށް ވެ ދިން އެހީތެރިކަން  ފާހަގަކުރައްވައިފައެވެ. އަދި ރާއްޖޭގެ އިތުރުން ކޮވިޑްގެ ވަބާގެ ސަބަބުން އިގްތިސާދީ އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ކުދި ޖަޒީރާ ގައުމުތަކުގެ ދަރަނިތަކަށް ލުޔެއް ހޯދައިދިނުމުގައި، އ.ދ.ގެ ޢާންމު މަޖިލީހުގެ ދައުރުގެ މުހިންމުކަން ވެސް ފާހަގަ ކުރެއްވި ކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button