ރިޕޯޓްސިޔާސީ

އިއްޔެ ވަކި ބަޔަކަށް ލިބުނު ހައްގެއް މިއަދު ވަކި މީހެއްގެ ކިބައިން ނިގުޅައިތީ؟

އިސްތިއުނާފު މަރުހަލާގައި ކަފާލާތު ދިނުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުން މީގެ ކުރިން ކޮށްފައިވާ ކަމެކެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ހައިކޯޓުންވަނީ އިސްތިއުނާފު މަރުހަލާގައި ކަފާލާތު ދީފައެވެ.

އެ ބޭފުޅުން ކަފާލާތުގެ ދަށުން ދޫކޮށްލީ އެ ބޭފުޅުންގެ ފަރާތްޕުޅުން ހައިކޯޓަށް ކަފާލާތަށް އެދިވަޑައިގެން ހުށަހެޅުއްވުމުންނެވެ. ހައިކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އިސްތިއުނާފުކުރެއްވި މައްސަލައިގެ ތެރެއިން ކަފާލާތު ހަމަޖެއްސެވުމަށް ހުށަހެޅުއްވިއެވެ. ނަމަވެސް ހައިކޯޓުން ނިންމީ ރައީސް ޔާމީނަށް ކަފާލާތު ނުދިނުމަށެވެ.

ރައީސް މައުމޫނާއި، ގާސީމްގެ އިތުރުން ފާރިސް އަށް ކަފާލާތު ދިނުމަށް ހައި ކޯޓުން ނިންމުމުން ދައުލަތުން ސްޕުރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރެވޭނެއެވެ. ނަމަވެސް ދައުލަތުން އެ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިނުވެއެވެ. އެހެންކަމުން އެނގެނީ އެ މައްސަލަތަކުގައި ދައުލަތުން އެއިރު ގެންގުޅުނު ވިސްނުމަކީ އިސްތިއުނާފު މަރުހަލާގައި ކަފާލާތު ދިނުމަކީ ރަނގަޅު ގޮތެއް ކަމުގެ ވިސްނުން ކަމެވެ.

ނަމަވެސް މިހާރު މި ފެންނަނީ ކަފާލާތުގެ މައްސަލާގައި ރައީސް ޔާމީން އާއި ޖެހުމުން ދައުލަތުގެ ސްޑޭންޑް ބަދަލުވި ތަނެވެ. މިއަދު ރައީސް ޔާމީނުގެ ފަރާތްޕުޅުން ކަފާލަތަށް އެދިވަޑައިގަތުމުން ދައުލަތުގެ ވިސްނުން މުޅިން ބަދަލުވެ އިސްތިއުނާފު މަރުހަލާގައި ދޭ ކަފާލާތު ނުވަތަ ޕެންޑިން އެޕީލް ބެއިލަކީ ނުދެވޭނެ އެއްޗެއް ކަމުގައި ދައުލަތުން ވަނީ ބުނެފައެވެ.

މިކަމުގައި ދައުލަތުގެ ސްޑޭންޑް ބަދަލުވަނީ ސިޔާސީ ގޮތުން އަންނަ ބަދަލުތަކާއެކު ކަމަށްވެސް ވެދާނެއެވެ. ރައީސް މައުމޫނާއި ގާސިމާއި ފާރިސަށް އިސްތިއުނާފީ މަރުހަލާގައި ތަކުލީފު ދިނުމާމެދު ދައުލަތުން އެއިރު އިއުތިރާޒުނުކުރީ ސިޔާސީ މަސްރަހަށް ބަލާފައިކަމަށް ބެލެވެއެވެ. އަދި ރައީސް ޔާމީން އަށް ކަފާލާތު  ނުދިނުމަށް ނިންމެވީވެސް މި ސަބަބާ ހުރެ ކަމަށް ވެސް ވެދާނެއެވެ.

އިއްޔެ ވަކި ބަޔަކަށް ލިބުނު ހައްގެއް މިއަދު ވަކި މީހެއްގެ ކިބައިން ނިގުޅައި ގަތުމަކީ ދައުލަތުން ކޮށްގެން ވާނޭ ކަމެއް ނޫނެވެ. މިއަދު ފެންނަނީ އެއް މައްސަލައެއްގައި ވަކި މީހަކަށް ދައުވާކޮށް ދެން ތިބި މީހުންނާއެކު ދައުލަތުން ޑީލް ހަދާ ތަނެވެ. ރާއްޖޭގައި ޝަރުއީ ނިޒާމުގައި ހަމަހަމަކަން އޮތްތަނެއް ނުފެނެއެވެ.

 

One Comment

  1. ޥަރަށް ރަގަޅު ލިއުން ކޮޅެއް
    ގައުމުދެކެ ލޯބިވާ މީހުން މަދު
    ތިމާގަބޫލުކުރާގޮތުގެ ދެފަރާތް ރަގަޅަށް ލޯހުޅުވައި ބަލަންޖެހޭ
    ހުރިހާ ކަމެއް ވަރިހަމަ ކޯށްގެން ނުތިބެމާ ހުުހހހހހހހފސސއސފޗތޔވުހބ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button