ޚަބަރުސިޔާސީ

ރައީސް ޔާމީންގެ މައްސަލައިގެ ޕީޖީ އިސް ވަކީލުގެ އާއިލާއަށް ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތު

އިދިކޮޅު ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްސަލައިގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރާ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ވަކީލާ އާއިޝަތު މުހައްމަދުގެ އާއިލާއަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާކަމުގެ ތުހުމަތު ޕީއެންސީގެ ކައުންސިލް މެމްބަރު އަހުމަދު އަދުނާނު ކުރައްވައިފިއެވެ. 

އަހުމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަކީލާ އާއިޝަތުގެ ޅިޔަނު އަދި ނޫސްވެރިޔާ އަހުމަދު ނާއިފްގެ ނަން ހިޔާނާތުގެ ލިސްޓުގައި އެބައޮތް ކަމުގައެވެ. އޭނާގެ ޓުވީޓުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ބުނާ މީހުންގެ ނަން ހިމަނާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުގެ ލިސްޓުގެ ސަފުހާއެއް ހިއްސާ ކުރައްވާފައިވެއެވެ.

އަހުމަދު ވިދާޅުވިގޮތުގައި ނާއިފް ވަނީ ދެ ނޫހެއް ރަޖިސްޓްރީ ކޮށްފައެވެ. އެނގިފައިވާގޮތުގައި އަވަސް ނޫހަކީ ނާއިފްގެ ހިއްސާ އާއި އެކު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހަރަދުކޮށްގެން ހެދި ނޫހެކެވެ. އަދީބަކީ އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނަތްތެރި ވެވަޑައިގަތްކަމުގެ އަމިއްލަފުޅު އިއުތިރާފް މިހާރު އޮތް ބޭފުޅެކެވެ. 

އަހުމަދު ހާމަކުރެއްވިގޮތުގައި ވަކީލާ އާއިޝަތުގެ އިތުރު ޅިޔަނެއްގެ ކުންފުންޏަށްވެސް ހިޔާނާތުގެ ފައިސާ ލިބިފައިވެއެވެ. 

”ޕީޖީ ވަކީލާގެ ދެވަނަ ޅިޔަނުގެ ކުންފުނިން ހުޅުމާލެ އިން ބިމެއް ގަތީވެސް ހަމަ ހަލާލު ފައިސާގަތޯ؟“ އަހުމަދު ވިދާޅުވިއެވެ. 

ނާއިފްގެ މައްޗަށް ހިޔާނާތުގެ ފައިސާ ބޭނުން ކުރިކަމުގެ ތުހުމަތު ކުރެވޭއިރު މިއަދާ ހަމައަށް ސުވާލެއް ކޮށްފައިވާކަން އެނގިފައެއް ނުވެއެވެ. މީގެ އިތުރުން ހިޔާނާތުގެ ފައިސާ ލިބުނުކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ނެރުނު ލިސްޓުގައި ހިމެނޭ އެއްވެސް މީހެއްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާ ކޮށްފައިވާކަންވެސް އެނގިފައެއް ނުވެއެވެ. 

4 Comments

  1. ނިކަމެތި އަންހެނަކު ކުރާނީ ކޮންކަމެއް! ބޮލުގަ ބަޑި ޖައްސާފަ މިހެން ކިޔާށޭ ބުނީމަ ކީއެއްނު. އޭނަ ކީ އެއްޗަކަށް ނޫނެއްނު ހުކުމެއް ކުރީ. އަލިޕީއާ އެލެކްސް ޝާފީގެ ލޯބިވެރިޔާއާ ލިޔެފަ ފޮނުވި ރައިވަރެއް ކިޔާފަ 5 އަހަރަށް ހުކުމް ކޮށްފީމޭ، ކުޑަކުއްޖާގެ ވިސްނުމުން ވިސްނާ އަލީ ރަޝީދު ބުނީމާ އަރުވާޖަހާފަ ދިޔަ އަންހެންމީހާއާ ކޮންވާ ބެހޭ ކަމެއް!

  2. ޕީޖީގެ ވަކީލާ، އޭނާގެ ޅިޔަނު، ނާއިފު، އެމްއެމްޕީއާރުސީގެ ލާރިގަނޑު،ޔާމީނު،ކޯޓުތައް، މިކަންކަމާ އައިސަތު މުހައްމަދު ދީދީއާ ކޮންކަމެއް؟ ބުރާންތި ވިޔަސް ތަންފުކެއް ބޮޑު ވަރު ތީ. އޭނާގެ ނަން ތިޔަ ލިސްޓުގައި އެބައޮތްތަ؟ އޭނާގެ މައްޗައް ތުހުމަތު ކުރެވެންޏާއި ޔާމީނުގެ މުޅި އާޢިލާ ގެ އެންމެންގެ މައްޗައް ވެސް ދައުވާ އުފުލޭނެތާ ދޯ

Leave a Reply to ���ހެހެެެެ Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button