ޚަބަރުސިޔާސީ

ދިވެހި ރާއްޖެ އިންޑިއާއަށް ވިއްކާލައިފި: އަދުރޭ

ދިވެހި ރާއްޖެ އިންޑިއާ އަށް ދިވެހި ސަރުކާރުން ވިއްކާލައިފި ކަމުގައި ޕީއެންސީ ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ކާނިވާ ސަރަހައްދުގައި ކުރިއަށްގެންދާ ޖަލްސާ ”މިނިވަންކަމުގެ ދިފާއުގައި ދިވެހީން“, ގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ދިވެހި ރާއްޖޭގެ ބިންތަށް އިންޑިއާ އަށް ރަހުނު ކޮށްފައި މި ސަރުކާރުން ދީފި ކަމުގައެވެ.

“ މި ސަރުކާރުން ދިވެހިންގެ ބިންތަށް އިންޑިއާއަށް ރަހުނު ކޮށްފައި ދީފި.. ރާއްޖޭގެ މަދަރުސާތަށް އިންޑިއާ އަށް ރަހުނު ކޮށްފައި ދީފި..ރާއްޖޭގެ ކަނޑުގެ ހުރިހާ ބާރެއް އިންޑިއާ އަށް ދީފި“ އަދުރޭ ވިދަޅުވިއެވެ.

ދިވެހި ރާއްޖެ މިވަގުތު އޮތީ މަލިކާއި ރޮހިންޔާ އޮތް ހާލަތަށް ދިއުމުގެ މަގުމަތީގައިކަން އަދުރޭ ވަނީ ފާހަގަ ކުރައްވާފައެވެ.

އަދުރޭގެ ވާހަކަފުޅުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އަދި އޭނާ އަކީ ޔޫއެންގެ ގޮނޑިއަކަށް ދިވެހި ގައުމު ވިއްކާލި މީހެއްގެ ގޮތުގައި އަދުރޭ ވަނީ ސިފަ ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button