ޚަބަރު

ސަރުކާރުގެ ސެކިއުރިޓީ ދީގެން ނަގާފައިވާ ދަރަނި 65.6 ބިލިއަން ރުފިޔާއަށް!

ސަރުކާރުން ސެކިއުރިޓީސް އިޝޫކޮށްގެން ނަގާފައިވާ ދަރަނީގެ ޖުމްލަ ފައިސާގެ އަދަދު 65.6 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން, އެއް މަހުން ދައްކަންޖެހޭ ގޮތަށް ޖުމްލަ 3 ބިލިއަން ރުފިޔާގެ ސެކިއުރިޓީސް މިހާރުގެ ސަރުކާރުން ވަނީ އިޝޫކޮށްފައެވެ. އަދި, މަރުކަޒީ ބޭންކަށް އެއް މަހަށްވުރެ ކުށަ މުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ 1 ބިލިއަން ރުފިޔާގެ ޓީ-ބިލު ވެސް ސަރުކާރުން ވަނީ އިޝޫކޮށްފައެވެ.

ސަރުކާރުން ސެކިއުރިޓީސް ގެ ގޮތުގައި އިޝޫކޮށްފައިވަނީ, ތިން މަހުން ދައްކަންޖެހޭ ގޮތަށް 3.2 މިލިއަން ރުފިޔާއާއި, 6 މަހުން ދައްކާ ގޮތަށް 4.3 ބިލިއަން ރުފިޔާއާއި, 1 އަހަރުން ދައްކަން ޖެހޭ ގޮތަށް 25 ބިލިއަން ރުފިޔާއާއި, 3 އަހަރާއި 5 އަހަރުގެ މުއްދަތެއްގެ ތެރޭގައި ދައްކަން ޖެހޭ ގޮތަށް 9.8 ބިލިއަން ރުފިޔާއާއި, 5 އަހަރާއި 7 އަހަރާއި ދެމެދުގެ މުއްދަތެއްގައި ދައްކާ ގޮތަށް 1.1 ބިލިއަން ރުފިޔާއާއި, 7 އަހަރާއި 10 އަހަރާއި ދެމެދުގެ މުއްދަތެއްގައި ދައްކާ ގޮތަށް 5.7 ބިލިއަން ރުފިޔާ އަދި 10 އަހަރަށްވުރެ ވެސް ދިގު މުއްދަތެއްގައި އަނބުރާ ދައްކާ ގޮތަށް 12.1 ބިލިއަން ރުފިޔާއެވެ.

މިހާރުގެ ދިވެހި ސަރުކާރުން ދަރަންޏަށް އެންމެ ގިނަ ފައިސާއެއް ނަގާފައިވަނީ ދިވެހި ރުފިޔާއިން ޓީ-ބިލު ވިއްކާފައިވާ ޓީ-ބިލު މެދުވެރިކޮށެވެ. ރާއްޖޭގެ ބާޒާރަށް ސެކިއުރިޓީސްގެ އެކި ބާވަތްތައް ވިއްކައިގެން ދަރަންޏަށް 61.8 ބިލިއަން ރުފިޔާ ނަގާފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ. އަދި އެ ފައިސާގެ ތެރެއިން 20.9 ބިލިއަން ރުފިޔާއެއީ ވިޔަފާރި ބޭންކުތަކުން ނަގާފައިވާ ރުފިޔާއަށް ވާއިރު, ބޭންކުތަކުން ނޫން އެހެން މާލީ މުއައްސަސާތަކަށް ސެކިއުރިޓީސް ވިއްކައިގެން ޖުމްލަ 21.7 ބިލިއަން ރުފިޔާ ދަރަންޏަށް ނަގާފައިވެއެވެ.

އާންމު ވިޔަފާރިތަކަށްވެސް 1.2 ބިލިއަން ރުފިޔާގެ ސެކިއުރިޓީ ވިއްކާފައިވެއެވެ. އަދި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ސެކިއުރިޓީސް ވިއްކައިގެން 259 މިލިއަން ރުފިޔާ ދަރަންޏަށް މި ސަރުކާރުން ނަގާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button