ޚަބަރު

އިތުރު 3 ރަށެއް މޮނިޓަރިންގ ގެ ހާލަތަށް

ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން އިތުރު ތިން ރަށެއް ބަންދު ކޮށްފިއެވެ.

ކޮވިޑްގެ ހާލަތު ގޯސް ވުމާއި ގުޅިގެން ބަންދުކޮށްފައިވަނީ ނ. ވެލިދޫ، އދ. މަހިބަދޫގެ އިތުރުން އެ އަތޮޅު އޮމަދޫއެވެ.

މި 3 ރަށުން ވެސް ފައްސި ވެފައި ވަނީ ކަރަންޓީނުގައި ނެތް ބައެކެވެ.

މިކަމާއި ގުޅޭގޮތުން ނ.ވެލިދޫ ކައުންސިލުގެ ރައީސް މުހައްމަދު އަލީ އޮންލައިން ނޫހެއް ކަމުގައިވާ ”ވަގުތު“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުން އެންމެ ފުރަތަމަ ފައްސިވެފައިވަނީ ރަށުން މާލެ ދިޔަ މީހަކު އަލާމާތްތަކެއް ހުރެގެން ޓެސްޓް ހެދުމުން ކަމަށެވެ. އޭނާ ފައްސިވުމާއި ގުޅިގެން އޭނާ އާއި ގާތުން އެއްތާވި މީހުން ހޯދައި ސުންކު ނެގި ކަމަށް މުހައްމަދު އަލީ ވިދާޅުވިއެވެ.

”އޭނާއާއި ބައްދަލުވެފައި ހުރި ގްރޭޑް 5 ގައި ކިޔަވާ ކުއްޖަކު ކޮވިޑަށް ފައްސިވީ، ދެން އޭގެ ފަހުން އެކުއްޖާ އާއި ބައްދަލުވެފައިވާ މީހުންގެ ސުންކު ނަގައި މިހާރު ރަށުގެ ޖުމްލަ ފައްސި އަދަދު 11 އަށް މިވަނީ އަރާފައި“ މުހައްމަދު އަލީ ވިދާޅުވިއެވެ.

މި ތިންރަށް މޮނިޓަރިންގެ ހާލަތަށް ގެނައުމާއި އެކީ މިވަގުތު ކޮވިޑް ފެނިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކުގެ އަދަދު ވަނީ 16 އަށް އަރާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button