
ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ގޮވާލައްވައިފި އެވެ.
ޖާބިރު މިހެން ގޮވާލައިފައި މިވަނީ މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ހެއްކާ ބެހޭ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.
”އަޅުގަނޑުމެންނަކީ ސުންނީ މުސްލިމުން. މި ރާއްޖޭގައި މާ މޮޅު ދީންވެރިއަކު ނެތް. އެންމެން ނަމާދު ކުރޭ. އެހެން ދީންތަކަށް، މި ރާއްޖޭގައި ނަމާދުކޮށް އުޅެވޭނޭ ގޮތުގެ މައްޗަށް … އެހެން ދީންތަކުގެ މީހުން ނަމާދުކޮށް މިތާގައި އުޅެވެން ވާނެ. މި ރާއްޖެ މިއީ ޔުނިވާސަލް ޕްރެކްޓިސްއެއް އޮންނަން ޖެހޭ، ޖާބިރު ވިދާާޅުވިއެވެ.
މިއީ މަޖިލީހުގެ މެންބަރަކު މިފަދަ މޭރަމަކުން ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެެވެ. ގާނޫނު އަސާސީގައި ވާގޮތުން ދަައުލަތުގެ ދީނަކީ އިސްލާމްދީނެވެ. އިސްލާމް ދީނަކީ ގާނުނު އަސާސީގެ މަސްދަރެވެ. އަދި އިސްލާމް ދީނުގެ އަސްލަކާ ހިލާފް އެއްވެސް ގާނޫނެއް ނެހެދޭނެކަމަށް ގާނޫނު އަސާސީގައި ބުނެފައިވެއެވެ.