ޚަބަރު

ފްލޯޓިން ސިޓީގެ އަމަލީ މަސައްކަތް ނޮވެމްބަރު މަހު ފަށަނީ

”މޯލްޑިވްސް ފްލޯޓިން އައިލެންޑް“ ނަމުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ފްލޯޓިން ސިޓީގެ އަމަލީ މަސައްކަތް އަންނަ ނޮވެމްބަރު މަހު ފަށަން ނިންމައިފިއެވެ.

މި މަޝްރޫއުގެ ރާއްޖޭގެ ކޮންސަލްޓެންޓް އިބްރާހީމް ރިޔާޒު ވިދާޅުވީ މަޝްރޫއުގެ ޓެކްނިކަލް ގިނަ މަސައްކަތްތައް ކުރެވިފައިވާ ކަމަށާއި މަޝްރޫއުގެ އީއައިއޭގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ މުޅި މަޝްރޫއުގެ މާސްޓާ ޕްލޭން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހަޅާ ފާސް ވުމުން ކަމަށެވެ.

ފްލޯޓިން ސިޓީ ތަރައްގީ ކުރަނީ ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް އާއި ސަރުކާރާ ދެމެދު ގާއިމުކުރި ޖޮއިންޓް ވެންޗާއެއްގެ ދަށުންނެވެ. މިމަޝްރޫ އަކީ ގަތްގަޑަކަށް ބިލިއަނެއްހާ ޑޮލަރުގެ މަޝްރޫއެކެވެ.

މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫއު ލޯންޗް ކުރީ މިއަހަރުގެ މާޗް މަހުގެ 14 ވަނަ ދުވަހު އެވެ. މި މަޝްރޫއަށް ސަރުކާރުން ވަނީ އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއް ޑަޗް ޑޮކްލޭންޑް ކުންފުންޏައް ދީފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button