ޚަބަރު

ގާދިއްފުށި އެމްޑީޕީގެ އެކްޓިވިސްޓުން ތަކެއް އެރަށު ކައުންސިލް ނައިބް ރައީސް އަށް ހަމަލާދީފި

ގާދިއްފުށީ އެމްޑީޕީ އެކްޓިވިސްޓުން ކައުންސިލް ނައިބް ރައީސަށް ހަމަލާދީފި އެވެ.

މިކަން ހިނގާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މަންޒަރު ދުށް މީހަކު ”ބޮންތި“ އަށް މައުލޫމާތު ދިން ގޮތުގައި މިކަން ހިނގާފައިވަނީ އެރަށުގެ ރައްޔިތުންގެ މަސް ދޯނި ކުއްޔަށް ދޫކޮށްފައިވާ އެގްރިމެންޓުގެ މުއްދަތު ހަމަވެފައި ވަނިކޮށް މަސްދޯނި ކުށްޔަށް ނަގައިގެން އުޅޭ ފަރާތް މިއަދު ބިޑް ކުރުމަށް އެރަށަށް އައުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ”ބޮންތި“ އިން އެރަށުގެ ކައުންސިލްގެ ނައިބު ރައީސް މުހަންމަދު ޝަފީގް ގުޅާލުމުން އޭނާ މައުލޫމާތު ދިން ގޮތުގައި ދޯނި އެގްރިމެންޓު ހަމަވެފައިވަނީ ކުރީ ދައުރުގައެވެ. އަދި އޭރުގެ އެމްޑީޕީ ކައުންސިލުން 6 މަހުން 6 މަހުން މުއްދަތު އިތުރު ކޮށްދީފައިވާ ކަން ޝަފީގް ފާހަގަކުރެއްވިއެވެ.

”މިއީ އެބޭފުޅުން ގަސްތުގައި އަޅުގަނޑަށް އަމާޒުކޮށްގެން ކުރި ކަމެއް. މިކަމުގެ ބޭނުމަކީ އަޅުގަނގެ އަގު ވައްޓާލުން. މިއަދު އަޅުގަޑުގެ ގަޔަށް އެރި ބޭފުޅުން އަތުގައި ބާރު އޮތް ދުވަހު އެ އެގްރިމެންޓުގެ މުއްދަތު ހަމަވީ. އެ ބޭފުޅުން އަމިއްލައަށް 6 މަހުން 6 މަހުން މުއްދަތު އިތުރު ކޮއްދިނީ“ ޝަރީފް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާދިއްފުށީގެ ކައުންސިލް އިދާރާގެ ތެރޭގައި އެމްޑީޕީގެ އެކްޓިވިސްޓުން ހިންގި އަމަލު ބަލައި ނުގަނެވޭކަމަށެވެ. މިކަން މިގޮތަށް ކޮށްފައިވަނީ އެދާއިރާއގެ އެމްޑީޕީގެ ރައީސް ރަގީބް އަލީގެ އަރިސް މީހަކަށް ދޯނި ހޯދައިދިނުމަށް ކަމުގައި އިތުބާރުހުރި މަސްދަރުތަކުން ”ބޮންތި“ އަށް ވަނީ ކަށަވަރު ކޮށްދީފައެވެ.

3 Comments

  1. އެއީ ހުސް ދޮގު ރައްޔިތުން މައުލޫމަތެއް ސާފްކުރުމަށް ދިޔާމަ ނައިބު ރައީސް ރައްޔިތުންނަށް ގރ ބޯންދިނީ ނައިބު ރައީސް ބޭނުންވާ މީހަކަށް ނުދެވިގެން އޭނަ ކުރި ކަމެއް އެއީ ބޮންތި ނޫހުންވެސް ކަމުގެ ހަޤީގަތް ބަލާފަ އެއްޗެހި ޖެހުން ވަރަށް ބޮޑަށް އެދެން ނައިބު ރައީސް ވަނީ މީގެ ކުރިން ވެސް ދޯނިގެންގުޅޭ ފަރާތް އަތުން ފައިސާ ނަގާފަ ރައްޔިތުން އެދުނީ ދޯނި ރަށަށް ގެނެސް ބަލާފަ ކުއްޔަށް ދިނުމްށް

Leave a Reply

Your email address will not be published. Required fields are marked *

Back to top button