ޚަބަރު

މިއަހަރުގެ މިހާތަނަށް ޖޫރިމަނާކޮށްގެން ދައުލަތުން ހޯދި އާމްދަނީ 12 މިލިއަނަށްވުރެ މައްޗަށް

ސަރުކާރުން ޖޫރިމަނާކޮށްގެން، މި އަހަރުގެ މިހާތަނަށް ހޯދި އާމްދަނީގެ އަދަދު 12 މިލިއަނަށްވުރެ މައްޗަށް ގޮސްފައިވާކަން، ކޮންމެ ހަފްތާއަކު ފިނޭންސް މިނިސްޓްރީއިން އާންމުކުރާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެގޮތުން ފެބުރުވަރީ 9 ވަނަދުވަހުގެ ނިޔަލަށް، ދައުލަތުން ޖޫރިމަނާ ކޮށްގެން ޖުމްލަ 12.3 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ހޯދާފައިވެއެވެ.

2022 ވަނަ އަހަރުގެ އެ މުއްދަތުގައި ޖޫރިމަނާކޮށްގެން ދައުލަތަށް 16.4 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެ އަދަދު މިއަހަރުގެ އަދަދާއި އަޅާބަލާއިރު މަދުވެފައިވަނީ ނިމިދަޔަ އެމްޑީޕީ ޕްރައިމަރީއާ ދިމާކޮށް އެދުވަސްވަރު ދިވެހިފުލުހުންގެ ހިދުމަތުން، ޕާކިން ވައޮލޭޝަން ސްޓިކަރ ޖެހުން މަދުކޮށްފައިވާތީކަމަށް ލަފާކުރެވެއެވެ.

މި އަހަރު 82.7 މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވީނަމަވެސް، އަހަރުގެ ފުރަތަމަ 40 ދުވަހުން 12 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާތީ، އަހަރު ނިމޭއިރު އަންދާޒާކުރި އަދަދު އެތައް ގުނައެއް އިތުރުވާނެކަމަށް ބެލެވެއެވެ. 2022 ވަނަ އަހަރު ޖުރިމަނާކޮށްގެން ސަރުކާރަށް 62.4 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރިނަމަވެސް، އަހަރު ނިމުނުއިރު އެ އަދަދުވަނީ 252.1 މިލިއަން ރުފިޔާއަށް އަރާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button