![](https://bonthinews.com/wp-content/uploads/2021/09/mdp-election.jpg)
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.
އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 9:00 ގައި ފަށާފައި ވާއިރު، ހަވީރު 5:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެ އެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 93،000 އަށް ވުރެ ގިނަ މެންބަރުން އެބަތިއްބެވެ. އަދި އެކި ދާއިރާތަކަށް 733 ކެނޑިޑޭޓުން ވާދަކުރެ އެވެ.
މި އިންތިހާބުގައި ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ހިޔާލު ތަފާތުވުން ބޮޑުވެ ޕާޓީގެ ތެރޭގައި ދެ ބޭފުޅުންނަށް ތާއީދު ކުރައްވާ ފެކްޝަން އުފެެދި އިންތިހާބުގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ.