ޚަބަރުކުޅިވަރު

ރެއާލަށް މުހިއްމު މޮޅެއް

ސްޕެނިޝް ލީގުގައި ރެއާލުން އަނެއްްކާވެސް މޮޅެއް ހޯދައިފިއެވެ.

ރެއާލުގެ ދަނޑުގައި މަޔޮރްކާ އާއި ދެކޮޅަށް ކުޅުން މެޗް ރެއާލުން ކާމިޔާބުކޮށްފައިވަނީ 6 – 1 ގެ ނަތީޖާ އަކުންނެވެ.

މެޗުގެ 3 ވަނަ މިނެޓުގައި ރެއާލަށް ލީޑު ނަގައިދިނީ ރެއާލުގެ ކެޕްޓަން ކަރިމް ބެންޒެމާއެވެ. ރެއާލުގެ ލީޑު ފުޅަކޮށްދިނީ އުންމީދީ ފޯވާޑް މާކޯ އެސެންސިއޯއެވެ. އެސެންސިއޯ ވަނީ މި މެޗުގައި 3 ގޯލު ޖަހައި ހެޓްރިކެއް ކާމިޔާބުކޮށްފައެވެ. ރެއާލުގެ 4 ވަނަ ގޯލު ކާމިޔާބުކޮށް ދީފައިވަނީ ބެންޒެމާއެވެ.

ރެއާލުގެ 6 ވަނަ ގޯލު ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިސްކޯއެވެ. މަޔޮރްކާގެ ހަމައެކަނި ގޯލު 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލީއެވެ.

ރޭގެ މެޗާއެކު ބެންޒެމާ ޖެހި ގޯލުގެ އަދަދު ވަނީ 8 އަރައިފައެވެ. އަދި ކުޅުނު 6 މެޗުން އޭނާ ވަނީ 7 އެސިސްޓް ކާމިޔާބުކޮށްފައެވެ. މިއީ ފަހުގެ ތާތީހެއްގައި ލަލީގާގައި ކުޅުންތެރިޔަކު މިހާ މޮޅު ކުޅުމެއް ދެއްކި ފުރަތަމަ ފަހަރެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button