ޚަބަރުސިޔާސީ

މިނިވަންކަމުގެ ދިފާއުގައި ޕީޕީއެމްގެ ޒުވާނުން ނިކުންނަނީ

މިނިވަންކަމުގެ ދިފާއުގައި އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕަޓީ ޕީޕީއެމްގެ ޒުވާނުން ނިކުންނަން ނިންމައިފިކަމުގައި އެޕާޓީން މިއަދު ބުނެފިއެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ގިނަ އަދަދެއްގެ ޒުވާނުން ވަނީ ވާހަކަ ދައްްކާފައެވެ.

އެބޭފުޅުން ވިދާޅުވިގޮތުގައި މިނިވަންކަމުގެ ދިފާއުގައި ދިވެހިން ތެދުވަންވީ ވަގުތު ޖެހިއްޖެ ކަމުގައެވެ. އަދި ދިވެހިރާއްޖެ އަވައްޓެރި ގައުމެއްގެ އަޅުވެތި ކަމުގެ ދަށަށް ގޮސްފައިވާ ކަމުގައި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވި ގިނަ ބޭފުޅުން ފާހަގަ ކުރެއްވިއެވެ.

މިނިވަން ކަމުގެ ދިފާއުގައި ދިވެހިންގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކެމްޕޭންގެ ހަރަކާތްތަށް ޕީޕީއެމުން މިހާރު ވަނީ ފަށައި ކުރިއަށް ގެންދަން ފަށައިފައެވެ. އަދި މި ކެމްޕޭން އިފްތިތާހު ކުރުމުގެ ޖަލްސާ މާދަމާރޭ ކާނިވަލް ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button