ޚަބަރުސިޔާސީ

އެމްއެންޕީގައި 6 ނައިބް ރައީސުން ތިބޭނެ

އަލަށް އުފައްދާފައިވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގައި 6 ނައިބް ރައީސުން ތިއްބަވާނެ ކަމުގައި އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މައްޗަންގޯޅި ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސިނާން ވިދާޅުވެއްޖެއެވެ.

އެމްއެންޕީ އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސިނާން ވިދާޅުވީ 6 ނައިބު ރައިސުންގެ ތެރެއިން 5 ނައިބް ރައީސުންނަކީ އެކި އެކި ސަރަހައްދުތަކަަށް ބަހާލައިގެން ހޮވާނެ ނައިބް ރައީސުން ތަކެއްކަމުގައެވެ. އެގޮތުން ރާއްޖެ 5 ސަރަހައްދަކަށް ބަހާލައިފައި ވާނެ ކަމުގައި ސިނާން ވިދާޅުވިއެވެ.

5 ސަރަހައްދުގެ ގޮތުގައި ސިނާން ވިދާޅުވީ އަޕާ ނޯތާއި ، ނޯތް ، ސެންޓްރަލް، ސައުތް ސެންޓްރަލް އަދި ސައުތެވެ.

6 ވަނަ ނައިބް ރައީސެއްގެ ގޮތުގައި ހޮވުމަށް ހަމަޖެހިފައިވަނީ އަންހެން ބޭފުޅެއްކަމުގައި ސިނާން ވިދާޅުވިއެވެ. މީގެ އިތުރުން 5 ސަރަހައްދުގެ ނައިބުންގެ ގޮތުގައިވެސް އަންހެން ބޭފުލުންނަށް ކުރިމަތި ލެއްވޭނެކަމުގައި ސިނާން ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button