ޚަބަރުސިޔާސީ

ޖެއެސްސީން އަންނަނީ ފަނޑިޔާރުންނަށް އިތުރަށް ބިރު ދައްކަމުން: އިދިކޮޅު ކޯލިޝަން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗައް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލާގައި ކުރިމިނަލް ކޯޓުން ހުކުމް ކުރި ބެންޗްގައި ހިމެނި ވަޑައިގަންނަވާ ތިން ފަނޑިޔާރަކު ހުކުމާ މެދު ސުވާލު އުފެދޭ ގޮތަށް ވާހަކަ ދައްކަވާ ކަމަށް ބުނާ އޯޑިއޯގެ މައްސަލައިގެ ހަގީގަތް އޮޅުވާލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަސައްކަތް ކުރަމުން އަންނަ ކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ތުހުމަތުކޮށްފިއެވެ.

އެ ކޯލިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ އޯދިއޮތަކަކީި އެއްވެސް އަސްލެއް ނެތް އޯޑިއޯ ތަކެއްކަމަށް ދެއްކުމަށްޓަކައި އެ ފަނޑިޔާރުންނަށް ބިރު ދައްކާ ސިޔާސީ ނުފޫޒު ފޯރުވުމަށް ކުރަމުން ގެންދާ މަސައްކަތްތަށް އެ ކޯލިޝަނުން ކުއްވެރިކުރާކަމުގައެވެ.

މީގެ އިތުރުން ލީކުވެފައިވާ އޯޑިއޯތަކުން ރައީސް ޔާމިނަށް ކްރިމިނަލް ކޯޓުން ހުކުމްކުރި ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާމެދު ސުވާލުއުފެދެކަމަށް އެކޯލިޝަނުން ވިދާޅުވިއެވެ. އަދި އެ ފަނޑިޔާރުންގެ މައްސަލަ ތަހުގީގު ކުރާނަމަ މިނިވަންކަމާއި އިންސާފުވެރި ކަމާއެކު އެ ތަހުގީގު ކުރިއަށްގެންދިއުމަށް ވެސް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

އެ ހުކުމް ކޮށްފައިވާ ފަނޑިޔާރުން އެ މަނިކުފާނަށް ހުކުމް ކޮށްފައިވަނީ އެ ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ގެއްލިގެން ތިބެކަމަށް އަމިއްލައަށް އިއުތިރާފުވެ އެއްބަސްވެފައިވާތީ ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ކޮއްފައިވާ ހުކުމް މުރާޖަޢާކޮށް މިހާރުން މިހާރަށް އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލަމެވެ.

ސޯޝަލް މީޑިއާއަށް ލީކުކޮށްލާފައި ވަނީ ރައީސް ޔާމީނަށް ހުކުމް ކުރި ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީ ހުސައިން ފާއިޒު ރަޝާދާއި ފަނޑިޔާރު މުހައްމަދު ސަމީރު އަދި ގާޒީ އަލީ އާދަމް ދައްކަވާފައިވާ ވާހަކަތަކެއް ކަމަށް ބުނާ އޯޑިއޯތަކެކެވެ. އަދި މިއަދު ވަނީ އެ މައްސަލާގައި ހެއްކެއްގެ ގޮތުގައި ހާޒިރުވި މުއައްވިޒް ރަޝިދުގެ އޮޑިއޯއެއް ލީކުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button