
ކަޅު ދަބަހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ 35 މިލިޔަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ އުފުއްލެވި ކަމުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ރައީސް ސޯލިހު އެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ކަޅު ދަބަހެއްގައި ގެންދެވި ކަމަށެވެ. އަދި އެ ފައިސާގެ އަދަދު 35 މިލިއަން ރުފިޔާއަށް ވުރެ ގިނަ ވާނެކަމުގައި ވެސް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު މިފަދައިން ވިދާޅުވީ އެމްޑީޕީގެ އެންމެ އިސް ސަފުގައި މަސައްކަތްކުރެއްވި ފަސް ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ރެހެންދި ފުލެޓަށް ވަޑައިގެން ދަބަހެއްގައި ހިޔާނާތުގެ ފައިސާ އުފުލިކަމަށް ވިދާޅުވުމާއި ގުޅިގެން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އަލީ ވަހީދު އިތުރަށް ވިދާޅުވީ އެމްޑީޕީގެ ތެރޭގައިވެސް އެމްއެމްޕީއާރުސީ ފައިސާގައި ޖެހިވަޑައިނުގަންނަވާ ބޭފުޅުން ތިއްބެވި ކަމަށެވެ. އެގޮތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީގެ ނަން ފާހަގަ ކުރެއްވިއެވެ.
އަލީ ވަހީދު ރައީސް ސޯލިހު ހިޔާނާތުގެ ފައިސާ ނެންގެވި ކަމަށް ވިދާޅުވެފައި މިވަނީ މީގެ ކުރިންވެސް ރައީސް ސޯލިހު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ބޭނުންކުރެއްވި ކަމަށް އިދިކޮޅުން ބުނެފައި ވަނިކޮށެވެ.
ތިމާ ބުނާ ބަހަށް .. ޒިންމާވާން ޖެޙޭކަން ވިސްނާތި!