މުސާރައިގެ މައްސަލައަށް ހައްލެއް ނުލިބުމުގެ ސަބަބުން ސިވިލް ސާވިސް މުވައްޒަފުން ކަޅު ހެދުމުގައި އިހުތިޖާޖަށް ނިކުމެއްޖެއެވެ.
މި އިހުތިޖާޖު އިންތިޒާމް ކުރީ ސިވިލް ސާވެންޓުންގެ އެސޯސިއޭޝަނުންނެވެ. އެ އެސޯސިއޭޝަނުން މިދިޔަ ހަފްތާގައި އިއުލާން ކޮށްފައިވާ ގޮތުގައި މުވައްޒަފުން މިއަދު ކަޅު ހެދުމުގައި އޮފީހަށް ނިކުމެ ކުރިއަށް ގެންދާ ހިމޭން އިހްތިޖާޖަށް ސަރުކާރުން ބީރު ކަންފަތެއް ދީފިނަމަ، މާދަމާ މަސައްކަތް ހުއްޓާލުމަށް ވަނީ ނިންމާފައެވެ.
ސިވިލް ސާވިސް މުވައްޒަފުން ސަރުކާރަށް ކުރާ ޑިމާންޑުތައް
ދަށް ފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން
ސެޓްފިކެޓް ހުށަހެޅުމުން ވަޒީފާގެ ކުރިއެރުން ލިބޭގޮތް ހެދުން
ސިޔާސީ މަގާމުތަކަށް ދޭ ލިވިން އެލަވަންސް ލިބުން
މިނިމަމް ވޭޖު އަވަސްކޮށްދިނުން
ސްކޫލުތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ހަމަޖައްސައިދިނުން
މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައިވެސް ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ މައްސަލަތަކެއް ފެންމަތިވިއެވެ. އެގޮތުން މުވައްޒަފުންގެ މުސާރަ ނުދެވި ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިޔަކަންވެސް ފާހަގަކޮށްލެވެއެވެ.