ޚަބަރުސިޔާސީ

ހުޅުވާލެވިގެންދާ ޝަރީއަތްތަކުން ރައީސް ޔާމީންގެ ކުށެއްނެތްކަން ރައްޔިތުން ނިންމައިފި: ޝިޔާމް

އެކި މަރުޙަލާތަކުގައި ހުޅުވާލެވިގެން ކުރިއަށްގެންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޝަރީއަތްތަކުން އެމަނިކުފާނުގެ ކުށެއް ނެތްކަން ރައްޔިތުން ނިންމައިފި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް ދަށު ކޯޓުތަކުގައި ފެށިގެން މިއަދާހަމައަށް އައިއިރު ދައްކަވާފައިވަނީ ސާބިތުކަން ކަމަށާއި ކޮންމެ ދުވަހެއްގެ އަޑުއެހުމުން ރައްޔިތުންނަށް ރައީސް ޔާމީންގެ ކުށެއް ނެތްކަން އިތުރަށް ހާމަވެގެންދާކަމަށެވެ. 

”އެންމެ ފަހުން ސުޕްރީމް ކޯޓުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުން އެކަނިވެސް ، ދަށު ކޯޓުން ހައިކޯޓުން ސުޕްރީމް ކޯޓަށް މުޅި މައްސަލަ ހުރިގޮތަށް ސާފުވެގެންދިޔަ. އެމަނިކުފާނު ތެދުވެ ވަޑައިގެން ވާހަކަފުޅު ދައްކަވާ ކޮންމެ ފަހަރަކު އެތައް ކަމެއް އަންގައިދޭ.“ ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ޝަރީއަތަކީ އިންސާފުވެރި ޝަރީއަތެއް ނޫންކަމަށާއި އެމަނިކުފާނުގެ މައްޗަށް ކުރި ދައުވާއާއި އަދި ޝަރީއަތްކުރެވުނު މައްސަލައާއި މިހުރިހާ  ކަމެއްގައިވެސް ފުށުއެރުންތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ. ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވެފައިވަނީ އެމަނިކުފާނަށް މީހަކު ދޭންޖެހޭ އެމަނިކުފާނަށް ދަރާފައިވާ ފައިސާ ކަމަށާއި، މިވަގުތާ ހަމައަށްވެސް އެފައިސް ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ މިހާރު ލީކުވެފައިވާ އޯޑިއޯ ތަކުގެ ހަގީގަތް ދެނެ ނުގަނެވެނީސް ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް ގެނެދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button