ރޯޝަނީ މަގުގެ 2 ބްލޮކެއްގައި ގައު އަތުރާ ނިންމާލައިފި
މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ ދަށުން ރޯޝަނީ މަގުގެ 2 ބްލޮކެއްގައި ގައު އަތުރާ ނިމިއްޖެއެވެ.
ގައު އަތުރާ ނިމިފައިވަނީ ރޯޝަނީ މަގުގެ ބްލޮކް 30 އަދި ބްލޮކް 58 ސަރަހައްދެވެ.
އާރް. ޑީސީ އާއި ހަވާލު ކުރެވިގެން ކުރިއަށް ގެންދާ މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ ދަށުން ހަދާ ރޯޝަނީ މަގުގެ ބްލޮކް 30 އަދި ބްލޮކް 58 ސަރަހައްދު ގައު އަތުރައި 2 ބްލޮކްގެ ސަރަހައްދު އެއްކޮށް ނިންމިފައި #ހިތްފަސޭހަމަގުމަތި @MMuizzu#RayyithunEdheyAmaazah#MayorMuizzu pic.twitter.com/ocHoL7qgc2
— Mayor Muizzu (@MuizzuMayor) September 18, 2021
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމާއި ޑރ މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގަތްފަހުން މާލޭ ސިޓީ ކައުންސިލުން އަންނަނީ މީގެ ކުރިން ނުހިންގާ ވަރަށް މާލޭގ އެކި ސަރަހައްދު ތަކުގައި ޕްރޮޖެކްޓްތަށް ހިންގަން ފަށައިފައެވެ.