ޚަބަރުސިޔާސީ

ރައީސް ނަޝީދުގެ ކޮއްކޯފުޅު ޝަރީއަތަށް ނުފޫޒު ފޯރުވާ: ޝުޖާއު އުސްމާން

ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ޝަރީއަތަށް ނުފޫޒު ފޯރުވާ ކަމަށް ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ވިދާޅުވެއްޖެއެވެ.

ޝުޖާއު އުސްމާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހައިކޯޓިގައި ހުރި މައްސަލަތަކަށް ނުފޫޒު ފޯރުވާ އެއް ބޭފުޅަކީ ނާޒިމް ކަމުގައެވެ.

”އޭނާ އަމުރުކުރަނީ އޭނާ ވަކާލާތުކުރާ މައްސަލަތަކަށް ބައެއް ފަނޑިޔާރުން ބެންޗުގައި ނުހިމަނަން. އެގޮތަށް އަމަލު ކުރަނީވެސް“ ޝުޖާއު އުސްމާން ވިދާޅުވިއެވެ.

ޝުޖާއުގެ ޓުވީޓުގައި ވަނީ ނާޒިމް އޭނާއަށް ފޮނުއްވި މެސެޖުތަކެއްގެ ސްކްރީން ޝޮޓެއްވެސް ހިއްސާ ކުރައްވާފައެވެ. އެ މެސެޖުގައި ނާޒިމް ވަނީ ބައެއް ފަނޑިޔާރުންގެ ނަން ވިދާޅުވެ އެ ފަނޑިޔާރުން އޭނާ ވަކާލާތު ކުރާ މައްސަލަތަކަށް އައްޔަން ނުކުރަން އަމުރުކޮށްފައެވެ.

މިކަމާ ގުޅިގެން ނާޒިމް ކުރެއްވި ޓުވީޓެއްގައި ވަނީ އެކަން އަދިވެސް ތަކުރާރު ކުރައްވާނެ ކަމަށާއި، މައްސަލައެއް ބެލުމުގައި އެކުލަވާލެވޭ ފަނޑިޔާރުންގެ ބެންޗަށް ހިތް ހަމަ ނުޖެހޭ ނަމަ، ކޯޓަށް އެކަން ހުށަހެޅުމަކީ އޮންނަ އުސޫލު ކަމުގައެވެ.

https://twitter.com/nazimsat/status/1438910970219282433

އެހެން ކަމުން ނާޒިމް އަމަލު ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަން އޭނާގެ އަމިއްލަ ބަހުންވެސް އެނގެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button