ޚަބަރުސިޔާސީ

އެމްޑީޕީގެ 6 މެންބަރުން ޕީޕީއެމްއަށް

ކ.މާފުށީގައި 2023، 4 މާރިޗު ވީ އަންގާރަ ދުވަހުގެރޭ ބޭއްވުނު ރަސްމިއްޔާތުގައި ޕީޕީއެމްއަށް 6 މީހުންވަނީ ސޮއި ކުރައްވާފައެވެ.

އެ 6 މީހުން ވެސް ވަނީ ސޮއިކުރި ފޯމުތައް، ޕީޕީއެމް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޢަބްދުރަޙީމް ޢަބްދުالله އާއި އެ ރަސްމިއްޔާތުގެ ތެރެއިން ހަވާލުކޮށްފައެވެ.

ރޭގެ ރަސްމިއްޔާތުގައި ޕީޕީއެމްއަށް އަލަށް ގުޅުނު މީހުންގެ ތެރޭގައި އެރަށުގެ ވިޔަފާރިވެރިންނާއި ކުރީގެ ކައުންސިލަރެއް ހިމެނެއެވެ. އަދި މި ފަރާތްތަކުގެ އާއިލާގެ ގިނަ ބަޔަކު ވެސް ވަނީ ޕީޕީއެމްއަށް ސޮއިކޮށް ރައީސް ޔާމީނަށް ނުހައްގުން ލިބެމުންދާ އަނިޔާއިން ސަލާމަތް ކުރުމުގެ ވަރުގަދަ އަޒުމުގައެވެ.

މި ރަސްމިއްޔާތުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވާ ހުސެއިން ރިޒާ ބައިވެރި ވެފައިވެއެވެ. ހުސެއިން ރިޒާއަކީ ކުރިން ގުރައިދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އިބްރާހިމް ރިޒާގެ ކޮއްކޮއެވެ. ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވެފައި ވަނީ އިބްރާހިމް ރިޒާ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ނިޔާވުމުންނެވެ. ބޭބެގެ އޯގާތެރި ހިތްހެޔޮ ލެގަސީ ދަމަހައްޓައި ޕާޓީއަށާއި ގައުމަށް ހިދުމަތް ކުރުމުގައި ބޭބެ ގެންގުޅުއްވި ރިވެތި ސިފަތައް ދެމެހެއްޓުމަކީ ހުސައިން ރިޒާގެ އަޒުމެކެވެ.

މި ގޮނޑިއަށް ދެން ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން އިބްރާހިމް ޝާޒްއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button