ޚަބަރުސިޔާސީ

ރައީސް ޔާމީނަށް ފިޔަވަޅުއަޅާނެކަމަށް ކަރެކްޝަނުން ބުނެފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

”އިންސާފު ހޯދަން“ ނަމުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން މިއަދު މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގައި ގޭ ބަންދުގައި ހުންނެވި ރައީސް ޔާމީން ބައިވެރިވެވަޑައިގެން ހިތްވަރުދެއްވީ ގޭބަންދުކޮށްފައިވާ އިގްރާރާ ހިލާފަށް ކަމަށާއި މިކަމާއި ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެއެވެ.

އިދިކޮޅުން މިއަދު ބޭއްވި މުޒާހަރާގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން ރައީސް ޔާމީން ވަނީ ދިރިއުޅުއްވާ ގޭގެ ކުޑަދޮރަކުން ބޭރު ބައްލަވާ ޕީޕީއެމްގެ ދިދައަކާއި ގައިއުމީ ދިދައެއް ހިއްޕަވައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނަށް ހިއްވަރު ދެއްވާފައެވެ.

މިކަމާގުޅިގެން ކޮމިޝަނާ އޮފް ޕްރިސަންސް އަހްމަދު މުހަންމަދު ވިދާޅުވީ ރައީސް ޔާމިން އަމަލު ކުރެއްވީ ގޭ ބަންދު ކޮއްފައިވާ އިގުރާރާ ހިލާފަސް ކަމަށާއި އެކަން ބަލާ ފިޔަވަޅު އަޅާނެކަމުގައެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މިއަދު ބޭއްވި އެއްވުވުމުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެ ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button