ފަރެސްމާތޮޑާ އެއާޕޯޓުގެ އެންމެ ފަހުގެ މައުލުމާތު ހިއްސާކޮށްފި
ފަރެސްމާތޮޑާގައި ތަރައްގީ ކުރަމުންދާ އެއާޕޯޓުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް އެމްޓިސީސީއިން ބުނެފިއެވެ.
އެކުންފުނިން މިއަދު ބުނީ ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން،އެއަރޕޯޓް ރަންވޭ، ޓެކްސީވޭ، އެޕްރޮން، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑްގެ ސަބްބޭސް އަދި ސަބްގްރޭޑް މަސައްކަތްތައް ނިމިފައިވާކަމުގައެވެ.
މީގެ އިތުރުން އެއާޕޯޓް ފަޔަރ ބިލްޑިންގެ ކޮންކްރީޓް މަސައްކަތުގެ %58 ނިމިފައިވާކަމަށާއި މިހާރު ކުރިއަށްދަނީ ޓާމިނަލް ބިލްޑިންގެ ކޮލަމް މަސައްކަތް ކަމަށް އެމްޓިސީސީއިން މައުލޫމާތުދެއެވެ.
ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ރަންވޭ، ޓެކްސީވޭ، އެޕްރޮން، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑްގެ ސަބްބޭސް އަދި ސަބްގްރޭޑް މަސައްކަތް ނިމިއްޖެ. މިހާރު ކުރިއަށްދަނީ ޓާރމިނަލް ބިލްޑިންގްގެ ކޮލަމް މަސައްކަތް. މިއީ 144.8 މިލިއަން ރުފިޔާގެ މަޝްރޫޢެއް. #MTCCProjects pic.twitter.com/BCcdh4X914
— MTCC Plc (@MTCCPlc) September 9, 2021
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މި އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.މި މަޝްރޫއުގެ ދަށުން 1200 މީޓަރުގެ ރަންވޭއަކާއި، ޓެކްސީވޭ އަކާއި، އޭޕްރަންއަކާއި ސަރވިސް ރޯޑު އިމާރާތް ކުރުން ހިމެނެއެވެ. މި މަޝްރޫއަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.