ފޭސް 2 އަށް ބަހުގެ ހިދުމަތް ދެނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށުމާއި ގުޅިގެން އެސަރަހައްދުގައި ބަހުގެ ހިދުމަތް މިމަހުގެ މެދުތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށް ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ބުނެފިއެވެ.
ޕީއެސްއެމްގައި ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެެކްޓަރ ސުހެއިލް އަހްމަދު ވިދާޅުވީ ބަސް ދަތުރުތައް ފަށަންވާއިރަށް ބަސް ސްޓޮޕްތައް ތަރައްގީކޮށް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ހިޔާ ފްލެޓްތަކާ ކައިރި ސަރަޙައްދެއްގައި 2 ބަސް ސްޓޮޕް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި އެތަންތައް ތަރައްގީ ކުރަނީ ގިނަ މީހުންނަށް އެއްފަހަރާ ތިބެވޭނެގޮތަށް ކަމަށް ސުހައިލް ވިދާޅުވިއެވެ.
ސުހެއިލް އިތުރަށް ވިދާޅުވީ އާއްމު ދަތުރުފަތުރުގެ ހިދުމަތާއި ސްކޫލް ދަރިވަރުންނަށްވެސް ބަހުގެ ހިދުމަތްތައް މިމަހުގެ މެދުތެރޭގައި ފެށުމަށް ނިންމާފައިވާކަމަށެވެ.