ޚަބަރުސިޔާސީ

ރައީސް ސޯލިހު ފުނަދޫއަށް އެރި ވަގުތު ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ށ. ފުނަދުއަށް ވަޑައިގެންނެވި ވަގުތު އެ ރަށުގެ ޕީޕީއެމް/ޕީއެންސީ އަދި ރައީސް ޔާމީންގެ ސަޕޯޓަރުން އެމެނިކުފާނު މިނިވަން ކުރާ ގޮވާލައި އިހުތިޖާޖަށް ނުކުމެއްޖެއެވެ.

ރައީސް ސޯލިހު ފުނަދޫއަށް ވަޑައިގަތުމުން، ރައީސަށް މަރުހަބާ ކިޔަން މާ ގިނަ ބަޔަކު ގޮސްފައި ނުވާކަމަށް މައުލޫމަތު ލިބެއެވެ.

ރައީސް ސޯލިހު އެ ރަށަށް ވަޑައިގެން ހިންގަވާފައިވާ ދިޔަ މަގުމަތީގައި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ”ރައީސް ޔާމީން މިނިވަން ކުރޭ“ ޝިއާރުތައް ލިޔެފައިވާ ޕޯސްޓަރުތަކެއް ހިފަހައްޓައިގެން ހިމޭން އިހްތިޖާޖެއްގައި ތިއްބެވެ.

ރައިސް ސޯލިހު ފުނަދޫއަށް ވަޑައިގަތުމުން ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިހުތިޖާޖު ކޮށްފައި މިވަނީ އެމަނިކުފާނުގެ ޝަރީއަތަށް ދަރުކާރުން ނުފޫޒު ފޯރުވާކަމަށް ބުނާ ގިނަ އޯޑިއޯތަކެއް  ލީކުވެފައިވާ ދަނޑިވަޅެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button