ޚަބަރުސިޔާސީ

ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމަކީ އަޅުވެތި ވިޔަފާރީގެ މައްޗަށް ދިވެހިން ހޯދި ކާމިޔާބެއް: ސައީދު

ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމަކީ އަޅުވެތި ވިޔަފާރީގެ މައްޗަށް ދިވެހިން ހޯދި ކާމިޔާބެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މެންބަރު ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖީއެމްއާރުގެ ކިބައިން ރާއްޖޭގެ މައި ދޮރާށި އަނބުރާ ހޯދުން ވެގެންދިޔައީ ހަންފެތުރުމާއި، އަޅުވެތި ވިޔަފާރީގެ މައްޗަށް ދިވެހިން ހޯދި ބޮޑު ކާމިޔާބެއް ކަމުގައެވެ. އަދި މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖީއެމްއާރު އާއި އެކު ވި އެއްބަސްވުމުގައި 2 ވަނަ ރަންވޭއެއް އެޅުމުގެ ހިޔާލު ނުވެސްނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ވެލާނާ އިންޓަނޭޝަލް އެއާޕޯޓުން ލިބޭ ފައިދާއާއެކު، އަހަރަކު ދައުލަތަށް ލިބޭ އާމްދަނީ 82 ބިލިއަން ރުފިޔާ އަށް ހައްދަވާނެ ކަމަށް އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެފައިވާ ހަބަރެއް ހިއްސާ ކުރައްވައި ސައީދު ވިދާޅުވީ އެއީ އެމަނިކުފާނުގެ ވެރިކަމުގައި ”މިހާރު“ ނޫހުން ލިޔެފައިވާ އާޓިކަލް އެއް ކަމުގައެވެ.

އެ އާޓިކަލްގައިވާގޮތުން އިންޑިއާގެ ޖީއެމްއާރު ކުންފުނިން އެއާޕޯޓު ހިންގި ފުރަތަމަ އަހަރު އެއާޕޯޓު ހިންގައިގެން ދައުލަތަށް ލިބުނީ އެންމެ 15 މިލިއަން ރުފިޔާ ކަމަށާއި އޭގެ ކުރިން އެއާޕޯޓް ހިންގި އެއާޕޯޓްސް ކޮމްޕެނީން އަހަރަކު 150-200 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެކަމަކު، އެއާޕޯޓު ޖީއެމްއާރު އަތުން އަތުލައި، އެ މީހުންނަށް ފައިސާ ދެއްކި ފަހުން، އެމްއޭސީއެލްގެ ފައިދާ އަހަރަކު އެއް ބިލިއަން ރުފިޔާ އަށް އިތުރު ވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button