ޚަބަރު
ގުޅީ އިންޖީނުގެއަށް ހެޔޮ ބަދަލެއް!
ކ. އަތޮޅު ގުޅީ އިންޖީނުގެއަށް ބައެއް އިތުރުކޮށްފައިވާ ކަން ސްޓެލްކޯއިން ހާމަކޮށްފިއެވެ.
ސްޓެލްކޯއިން ވިދާޅުވިގޮތުގައި މިއީ މިއަހަރުގެ ބާރުބޮޑު ދުވަސްވަރުކަމުގައިވާ ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުންނާއި އެ ރަށުގެ ކަރަންޓުގެ ހިދުމަތް މެދުނުކެނޑި ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމުގައެވެ.
އިންޖީނުގޭގެ އިންޖީނުރޫމަށް ބައެއް އިތުރުކޮށް އިތުރު ޖަނަރޭޓަރު ސެޓެއް ވަނީ ބެހެއްޓިފަ. އެ ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް، ލޯޑަށް މިހާރު ވަނީ ދީފަ.“ ސްޓެލްކޯއިން ވިދާޅުވިއެވެ.
ގުޅީ ޖެނެރޭޝަން ކެޕޭސިޓީ އަކީ ކުރިން 1008 އެވެ. އަލަށް އިތުރުކުރެވުނު ބަޔާއެކު މި ކެޕޭސިޓީ މިވަނީ 1184 ކިލޯވޯޓަށް ބަދަލުވެފައެވެ.
ސްޓެލްކޯ އަކީ ރާއްޖޭގައި ކަރަންޓް ގެ ހިދުމަތްދޭ އެންމެ ބިޔަ ކުންފުންޏެވެ.