ޚަބަރުސިޔާސީ

ރަނގަޅު ގޮތް ބުނެދިނުމުން ވެސް ކަތިލީ ޝަހުސު: ޑރ ޝަހީމް

ބައެއް ގްރޭޑްތަކުގެ އިސްލާމް އަދި ގުރުއާން ފޮތްތަކުގައި ގުރުއާނުގެ އާޔަތެއް ނުބައިކޮށް އޮތްކަން ފާހަގަވެގެން އެކަން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުންވެސް ކަތިލީ ޝަހުޝު ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަނގަޅު ގޮތް ބެނެދިނުމުން، ޝަޚުޝު ކަތިލުމަކީ އެޑިއުކޭޝަން މިނިސްޓްރީން ހިންގި ވަރަށް ޒިންމާދާރުކަން ކުޑަކަމެކެވެ.

ޑރ ޝަހީމްއަކީ ފޮތްތަކުގައި ގުރުއާން ނުބައިކޮށް ހުރިކަން އެންމެ ފުރަތަމަ މިނިސްޓްރީގެ ސަމާލުކަމަށް ގެނައި ބޭފުޅާއެވެ. ޑރ.ޝަހީމް ވަނީ ފޮތްތަކުގައި ހުރި މައްސަލަތައް ފާހަގަކޮށް ވީހާވެސް އަވަހަށް އެކަން ހައްލުކޮށް ދެއްވުމަށް އެދިފައެވެ.

ޑރ ޝަހީމް މިފަދައިން ވިދާޅުވެފައި މިވަނީ އެޑިއުކޭޝަން މިނިސްޓަރ އައިޝަތް އަލީ، ފޮތްތަކުގައި މައްސަލަ ހުރުމަކީ އަަބަދުވެސް ދިމާވާ ކަމެއްކަމަށާއި އެކަން ސިޔާސީ ނުކުރުމަށް ގޮވާލައިފައިވާ ދަނޑިވަޅެއްގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button