ޚަބަރު

6 މަސް ފަހުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަނު ކޮށްފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމު ހުސްކޮށްހުންނަތާ 6 މަސް ފަހުން އެމަގާމަށް ހ.ގުރުވަ އަލްއުސްތާޛު އަޙްމަދު އާހިދު ރަޝީދު މިއަދު އައްޔަނުކުރައްވައިފިއެވެ.

މިއަދު ހެނދުނު މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި އާހިދަށް މަގާމުގެ ލިޔުން ހަވާލު ކޮށްދެއްވީ ރައީސް  އިބްރާހިމް މުހަންމަދު ސޯލިހުއެވެ.

އާހިދު އެންމެ ފަހުން ފުރުއްވާާފައި ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ގަވަރނަންސް މެނޭޖަރގެ މަޤާމެވެ. އަދި އޭނާ ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއަރ ލީގަލް އެޑވައިޒަރގެ މަޤާމާއި، ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރގެ މަޤާމުވެސް ފުރުއްވާފައެވެ. މީގެ އިތުރުންވެސް އެންޓި ކޮރަޕްޝަން ބޯޑުގެ ލީގަލް އޮފިސަރގެ މަޤާމާއި، މޯލްޑިވްސް ވޮލަންޓިއަރސް ކޯޕްސްގެ ސީއީއޯގެ މަޤާމު ވެސް ޢާހިދު ވަނީ ފުރުއްވާފައެވެ.

އާހިދަކީ އިނގިރޭސިވިލާތުގެ ސްޓެފޯޑްޝަޔަރ ޔުނިވަރސިޓީއިން ބެޗެލަރ އޮފް ލޯ ވިޗް އޮނަރސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އާހިދުއަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button