ޚަބަރު

ނޫސްވެރިންނަށް ފުލުހުންގެ ނަސޭހަތެއް: ފާސް ފެންނާނެހެން އަޅުއްވާ

އެއްވުންތަކުގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ފާސް ފެންނާނެހެން އަޅާއިގެން ތިބުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ރޭގެ އިދިކޮޅު ”އިންޑިއާ އައުޓު“ މުޒާހަރާގެ ތެރެއިން ވީޓީވީގެ ކެމެރާމަނެއްގެ މޫނަށް ގިނަ އަދަދަކަށް ޕެޕާ ސްޕްރޭ ޖަހާފައިވާ ދަނޑިވަޅެއްގައި ފުލުހުން ބުނީ، އެއްވުންތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމުގައާއި އެއްވުންތަކާ ގުޅިގެން ފުލުހުން ބަންދުކުރާ ސަރަހައްދުތަކަށް ވަނުމަށް ދޭންޖެހޭ ހުއްދަ ނޫސްވެރިންނަށް ދިނުމުގައި ބައެއް ދަތިތައް ކުރިމަތިވަމުން އަންނަ ކަމުގައެވެ.

އެކަންކަން ހައްލުކުރުމަށްޓަކައި އެއްވުންތަކާ ގުޅިގެން ހަރަކާތްތެރިވާ ނޫސްވެރިން ”އެއްވުމާ ގުޅޭ ގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދު“ގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދޫކުރާ އެކްރެޑިޓްކޮށްފައިވާ ކާޑު ބޭނުން ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ކާޑު އަބަދުވެސް ފެންނަން ހުންނާނޭ ގޮތަށް އަޅުވައިގެން ހަރަކާތްތެރިވުމަށާއި ކާޑުގެ މުއްދަތު ހަމަނުވާކަން ޔަގީން ކުރުމަށްވެސް ފުލުހުން ވަނީ ނޫސްވެރިންނަށް ހަނދާން ކޮށްދީފައެވެ.

ރޭގެ މުޒާހަރާގެ ތެރެއިން ވީޓީވީގެ ކެމެރާމަނަށް ލިބުނު އަނިޔާ އަކީ އާދައިގެ ކަމެއްގެ ގޮތުގައި ދެއްކުމަށް މަގުފަހިވާ ފަދަ މޭރުމަކުން އެ ސްޓޭޝަންގެ ބައެއް ނޫސްވެރިންގެ ބަސްމަގު ހުރިކަން ފާހަގަކުރެވުނެވެ. އަދި އަނިޔާވި ކެމެރާމަނުގެ މައްސަލައިގައި ”ބޮންތި“ ނޫހުން ދޮގު ހަބަރު ފެތުރި ކަމަށްވެސް ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button