ޚަބަރު

ނިޒާމު ބަދަލު ކުުރުމަށް ވޯޓަކަށް ދާން އަދާލަތުންނާއި އެމްއާރްއެމް އިން އެއްބަސްވި: ނަޝީދު

ދިވެހިރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ކަނޑައެޅުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްއާރްއެމް އާއި އަދާލަތ ޕާޓީއިން އެއްބަސްވެފައިވާ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅު ވެއްޖެއެވެ.

މިއަދު އިނގިރޭސި ވިލާތުގައި ހުންނަވާ ނޫސްްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުކުންނެވި މެނިފެސްޓޯއަކީ ކޯލިޝަންގެ ޕާޓީތަކުން އެދުނު ގޮތަށް އެއްބަސްވި މެނިފެސްޓޯ ކަމަށެވެ. އެކަމަކު ފެންނަ ނުފެންނަ ވޯޓަކަށް ދާން އެއްބަސްނުވީ ޖުމްހޫރީ ޕާޓީ އެކަނި ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިހާރު ނަޝީދުގެ އިރުޝާދުގެ ދަށުން ބަރުލަމާނީ ނިޒާމެއް ގެނައުމަށް ގޮވާލައި ޕެޓިޝަނެއް ތައްޔާރުކޮށް އެއަށް ސޮއި ހޯދުމުގެ ހަރަކާތެއް އެމްޑީޕީއިން މުޅި ރާއްޖޭގައި އަންނަނީ ހިންގަމުންނެވެ. އެހެންނަމަވެސް އެމްޑީޕީގެ ތެރެއިންވެސް ރިޔާސީ ނިޒާމަށް ތާއިދު ކުރައްވާ ބޭފުޅުންވެސް މަދެއް ނޫނެވެ. އެގޮތުން ރައީސް ސޯލިހުވެސް އަންނަނީ ރިޔާސީ ނިޒާމަށް ތާއިދުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button